ރާއްޖޭގައި ޤުރުއާން ހިތުދަސްކުރާ މީހުންގެ ދަފުތަރެއް އެކުލަވާލަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދުު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި މިނިސްޓަރު މިއަދު ވިދާޅުވީ މާލެ އާއި އަތޮޅު ތެރޭގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންގެ އަދަދު މިހާރު 700 އަށް ވެސް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެންވެ ދަފުތަރެއް އެކުލަވައިލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
މުޅި ރާއްޖޭގައި ޤުރުއާން ހިތުދަސްކުރުމުގެ ކްލާސްތައް ހިންގަން މިނިސްޓްރީން އަމާޒު ހިފާފައިވާ އިރު، މި މަހުގެ ތެރޭގައި ވެސް ބައެއް ސަރަހައްދުތަކުގައި އެ މަސައްކަތް ފެށޭނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެވެ. އަދި ޤުރުއާން ހިތުދަސްކޮށް ދޭ ކްލާސްތައް ހިންގާ އަމިއްލަ ފަރާތްތަކަށް މާލީ ގޮތުން އެހީވާން ވެސް ނިންމާފައިވާ ކަމަށް ޝަހީމު ވިދާޅުވެފައިވެ އެވެ.
ރާއްޖޭގައި ޤުރުއާން ހިތުދަސް ޙާފިޒުން ގިނަ އަދަދަކަށް އުފެއްދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. އެގޮތުން މިހާރު ޚާފިޒުންގެ ދަސްވެނިވުމަށް ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވަން ވަނީ ފަށައިފަ އެވެ. އޭގެ ފުރަތަމަ ރަސްމިއްޔާތު މިދިޔަ ރޯދަ މަހުގެ 27 ވިލޭރޭ ބާއްވާފައިވެ އެވެ.
މިނިސްޓްރީން އަންނަނީ ޤުރުއާން ހިތުދަސްކުރާ ޚާފިޒުންނަށް އުމްރާ ދަތުރުތައް ވެސް ދެމުންނެވެ.