Last Updated: April 27, 02:20
Saturday, April 26, 2025
ޚަބަރު

މިރޭގެ 'އަހާ' ފޯރަމް ކެންސަލްކޮށްފި

ފަސް މިނިސްޓަރަކު ބައިވެރިވާ ގޮތަށް މިރޭ ބާއްވަން އޮތް "އަހާ" ފޯރަމް ކެންސަލްކޮށް އަންނަ މަހަށް ފަސްކޮށްފި އެވެ.

މި ފޯރަމީ ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ބާއްވަމުން އަންނަ ފޯރަމެވެ.

މިރޭގެ ފޯރަމް ކެންސަލްކުރި އިރު، އޭގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި އޮތީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި އެގްރިކަލްޗަ މިނިސްޓަރު މަރިޔަމް މާރިއާ އާއި ބަހާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމާއި އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީގުގެ އިތުރުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމެވެ.

"އަހާ" ފޯރަމް ބާއްވަން މިހާރު ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ރެ އެވެ.

"އަހާ" ސިލްސިލާގެ ފުރަތަމަ ފޯރަމް ބޭއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 25 ގަ އެވެ.