Last Updated: April 27, 02:20
Saturday, April 26, 2025
ދުނިޔެ

އޮމާންގެ ވަލީއަހުދު އަލުން ކައިވެނި ބައްލަވައިގެންފި

ބައްޕާފުޅަށް ފަހު އޮމާންގެ ތަހުތާ އެންމެ ގާތުގައި ހުންނެވި ވަލީއަހުދު ސައްޔިދު ތެޔާޒަން ބިން ހައިތަމް އަލް ސާއިދު އަލުން ކައިވެނި ބައްލަވައިގެންފި އެވެ.

އޭނަގެ ކައިވެނީގެ ހަފުލާ އޮތީ ބުރާސްފަތި ދުވަހު މަސްކެޓްގެ އަލް އާލަމް ޕެލަސްގަ އެވެ.

އެ ހަފުލާގައި ދެ ފަރާތުގެ އާއިލާގެ ބޭފުޅުން ބައިވެރިވެޑައިގެންނެވި އެވެ. އޮމާންގެ މިހާރުގެ ވަލީއަހުދު ސުލްތާން ހައިތަމް ބިން ތާރިގުފެ ދޮށީ ދަރިލަކުން ސައްޔިދު، 35، މި ފަހަރު ކައިވެނި ބައްލަވައިގެންނެވީ އޮމާންގެ ނުފޫޒު ގަދަ އާއިލާއެއްގެ ކަނބަލެއް ކަމަށްވާ އާލިއާ ބިންތު މުހައްމަދު ބިން ހިލާލު އަލް ބުސައިދިޔާއާ އެވެ.

އެއީ މަސްކެޓްގެ މިހާރުގެ ގަވަރުނަރު ސައުދު ބިން ހިލާލު އަލް ބުސައިދީ އަށް ބޮޑުބޭބެ ވިދާޅުވާ ކަނބަލެކެވެ.

ސައްޔިދު ދެވަނަ ފަހަރަށް ކައިވެނި ބައްލަވައިގަތް އިރު، ވަލީއަހުދުގެ އަލަތު ކައިވެނި ވަނީ 2022 ރޫޅާލައިފަ އެވެ. ފުރަތަމަ އަނބިކަނބަލުންނަކީ ދެބޭންގެ ދެދަރި ބޭފުޅެއް ކަމަށްވާ މަޔާން ބިންތު ޝިހާބް އަލް ސާއިދެވެ. އެ ކައިވެނި ކުރެއްވީ 2021 ގަ އެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން ޕޮލިޓިކަލް ސައިންސްގެ ދާއިރާ އިން ބެޗްލާސް ޑިގްރީ އަދި ހިސްޓްރީން މާސްޓާސް ޑިގްރީ ހާސިލުކުރައްވާފައިވާ ސައްޔިދަކީ އޮމާންގެ މިހާރުގެ ސްޕޯޓްސް އެންޑް ޔޫތު މިނިސްޓަރެވެ.