މާލޭގެ ސަލްޓަން ޕާކު އަލުން މަރާމާތުކޮށް، ތަރައްގީ ކުރުމުގެ މަސައްކަތް ލަސްތަކެއް ނުވެ، ފެށޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެ އެވެ.
އެ މަސައްކަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ހިއްސާ ކުރައްވައި މިނިސްޓަރު ޕާކު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމަށްޓަކައި ތަން ސާފުކޮށް، ތަރައްގީ ކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން ޕާކުގެ ކުރެހުމެއް ނެތުމުން ޕާކު ސާވޭ ކުރުމުގެ މަސައްކަ ތްވެސް މިހާރު ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މުއްތަލިބް ވިދާޅުވީ ސަލްޓަން ޕާކު ތަރައްޤީކުރުމުގެ ޕްލޭން ފައިނަލްކޮށް، ތަރައްޤީކުރުމުގެ މަސައްކަތް ލަސްތަކެއް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ހާއްސަ ޕާކްގެ ގޮތުގައި ފާހަގަކޮށްލެވޭ ސަލްޓަން ޕާކު ބަންދުކުރިތާ ގިނަ ދުވަސްތަކެއ ވެފައި އިރު، އެތަން ނުހުޅިވި ލަސްވާތީ މާލޭގައި އުޅޭ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ.
މާލެ ސިޓީ ކައުންސިލްގެ ދަށުން ޕާކު ނަގައި، ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް މިދިޔަ ފެބްރުއަރީ މަހުގެ 19 ގައި އޮތީ ބަދަލުކޮށްފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވި ގޮތުގައި ސަލްޓަން ޕާކް ޒަމާނީ ފެންވަރަށް، ހިތްފަސޭހަ ތަނެއްގެ ގޮތުގައި ތަރައްގީކޮށް ދެއްވާނެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ވެސް ވަރަށް ބޮޑެތި ބަދަލުތަކަކާ އެކު ސަލްޓަން ޕާކް ތަރައްގީކުރި އެވެ.
ނަމަވެސް އެތަނަށް އަޅާނުލެވި ގިނަ ދުވަސްތަކެއްވެފައިވާތީ ތަން ވަރަށް ބޮޑަށް އޮތީ ވީރާނާވެފަ އެވެ.