ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ "ޒުވާނުންގެ ހޮޅުއަށި" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ އިވެންޓް އޮންނާނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ 8:30-10:00 އަށް ސޯޝަލް ސެންޓަރުގަ އެވެ.
އޭގައި ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކާއި، އެކަންކަމަށް ހައްލު ހޯދުމަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރުމަށް ހަމަޖެހިފައިވެ އެވެ. ހާއްސަކޮށް ޒުވާނުންގެ ވަޒީފާގެ ދަތިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ އެވެ.
"ޒުވާނުންގެ ހޮޅުއަށި" އަކީ ޒުވާނުންނަށް މުހިންމު މައްސަލަތަކާ ގުޅޭގޮތުން ހިޔާލާއި ތަޖުރިބާ ހިއްސާކުރުމަށް ބާއްވާ އިިވެންޓެއް ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.