Last Updated: April 29, 10:53
Tuesday, April 29, 2025
މުނިފޫހިފިލުވުން

ކޮމެޑީއަކަށް އަނަންޔާ، ސިދާތު އަދި ސްރީލީލާ

ޕްރޮޑިއުސަރު މަހާވީރު ޖެއިންއާ ގުޅިގެން ޑައިރެކްޓަރު/ޕްރޮޑިއުސަރު ރާޖް ޝާންޑަލިއާ ހަދަން ނިންމާފައިވާ އާ ކޮމެޑީ ފިލްމުގެ ލީޑަށް ތިން ތަރިއަކު ނަގާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން ބުނީ ނަން އަދި އިއުލާން ނުކުރާ ފިލްމުގެ ލީޑަށް ނަގާފައި ވަނީ އަނަންޔާ ޕާންޑޭ އާއި ސިދާތު މަލްއުތުރާގެ ސްރީލީލާ ކަމަށެވެ. ފާހަގަކޮށްލެވޭ ކަމަކީ ރާޖްއާ އެކު އަނަންޔާ ކުރިން ވެސް ފިލްމެއްގެ މަަސައްކަތްކޮށްފައިވާކަމެވެ. އެއީ އަޔޫޝްމަން ކްރާނާއާ އެކު އޭނަ 2019 ގައި ގެނެސްދިން ކޮމެޑީ "ޑްރީމް ގާލް" ގެ ސީކްއެލް 2023 ގެ "ޑްރިމް ގާލް 2" އެވެ.

ރާޖްގެ އާ ފިލްމު ވާނީ ސިދާތާ އެކު އަނަންޔާ އާއި ސްރީލީލާ ވެސް މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.

ފިލްމުގެ ކާސްޓްގެ ވާހަކަތަކެއް ދެކެވެމުން ދިޔަ ނަމަވެސް އުންމީދީ މި ފިލްމާ ބެހޭ އެއްވެސް ތަފުސީލެއް ފިލްމުގެ ޓީމުން ރަސްމީކޮށް އަދި ހިއްސާއެއް ނުކުރެ އެވެ.