Last Updated: April 29, 12:59
Tuesday, April 29, 2025
ޚަބަރު

މާލެ އިން އަންހެނަކު ގެއްލިގެން ހޯދަނީ

މާލެ އިން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަނީ ތ. ތިމަރަފުށި، ސަލްވާ، ފާޠިމަތު ޝަހުދާ، 31، ކަމަށެވެ.

މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޭނަގެ ހަބަރެއް ނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި 24 ވަނަ ދުވަހުގެ ރެ އެވެ. ޝަހުދާ އެންމެ ފަހުން ފެނިފައި ވަނީ އަލިކިލެގެފާނުމަގު ސިޓީ ޕާކް ސަރަހައްދުންކަމަށާއި އޭރު ލައިގެން ހުރީ ފެހި ކުލައިގެ ހެދުމެ އްކަމަށް އާއިލާއި އިން ބުނާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލުމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ތ. ތިމަރަފުށި ޕޮލިސް ސްޓޭޝަން ނަންބަރު 9792269 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.

ޝަހުދާ އަކީ މާރާމާރީގެ މައްސަލައެއްގައި މިދިޔަ އަހަރު ހައްޔަރު ފުލުހުން ހައްޔަރު ވެސް ކުރި މީހެކެވެ. ފުލުހުން އޭރު ބުނެފައިވާ ގޮތުގައި އޭނަ އަކީ ކުށުގެ ގިނަ ރެކޯޑްތަކެއް އޮންނަ މީހެކެވެ. އެގޮތުން މާލޭގައި ފޯނު ވިއްކާ ފިހާރައަކަށް ވަދެ ސޭޓެއްގެ ކަރަށް ވަޅި ހެރި މައްސަލައެއްގައި 2023 ގައި ވެސް އޭނަ ހައްޔަރުކުރި މީހެކެވެ. އަދި ދީނަށް ފުރައްސާރަ ކުރުމާއި މުދަލަށް ގެއްލުންތައް ދިނުން ފަދަ އެތައް މައްސަަލަތަކާ ހެދި ތިމަރަފުށީގައި އޭނައާ ދެކޮޅަށް މުޒާހަރާތަކެއް ވެސްކޮށްފައިވެ އެވެ.