ފުލުހުންގެ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންްޑް ލޯ އެންފޯސްމަންޓްގެ އައްޑޫ ކޮލެޖް މަރާމާތުކޮށް ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ފުލުހުންގެ އިދާރާ އިން ބުނީ އެ މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 7 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް އަންނަ މަހުގެ 11 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 ގައި އިސްކަންދަރު ކޮށި 1 ގައި އޮންނާނެ އެވެ.
އިންޑިއާ ސަަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫގައި ގާއިމުކުރި ޕޮލިސް ކޮލެޖް ހުޅުވީ މާޗް 27، 2022 ގަ އެވެ.
އައްޑޫ ލިންކް ރޯޑްގައި ގާއިމުކޮށްފައިވާ އެތަނަކީއެކޮމެޑޭޝަން ބްލޮކްތަކާއި މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި ޕީޓީ ގްރައުންޑާއި ހެލިޕޭޑާއި ޓްރެއިނިން ސެންޓަރާއި 800 މީހުންގެ ޖާގައިގެ ޖިމަކާއި ސްވިމިން ޕޫލަކާއި ފުޓްބޯޅަ ދަނޑަކާއި ބާސްކެޓް ކޯޓަކާއި ޓެނިސް ކޯޓާއި 400 މީޓަރުގެ ޓްރެކާއި 340 މީހުންގެ އޮޑިޓޯރިއަމަކާއި 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް 320 މީހުންނަށް ކިޔަވައިދެވޭ ގޮތަށް އަށް ކްލާސްރޫމް ފަދަ ވަސީލަތްތަކާ އެކު ގާއިމުކޮށްފައިވާ ތަނެކެވެ.