Last Updated: April 29, 13:22
Tuesday, April 29, 2025
ޚަބަރު

ގޮލްފް ކުޅެން ރިސޯޓްތައް ވަރަށް އެކަށިގެންވޭ

ރާއްޖޭގެ ރިސޯޓްތަކަކީ ގޮލްފް ކުޅެން ވަރަށް ފުރިހަމަ އެކަށީގެންވާ ތަންތަން ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ގޮލްފް އެސޯސިއޭޝަންގެ ފުރަތަމަ ގޮލްފް މުބާރާތް ކަމަށްވާ ސްރީ ލަންކާގައި ބޭއްވި 'މޯލްޑިވްސް އޯޕަން" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ގޮލްފަކީ ސްޕޯޓްސް ޓޠރިޒަމްގެ ތެރެއިން ރާއްޖޭގައި ކުރިއެރުވޭނެ ކުޅިވަރެއް ކަމަށާއި، ރާއްޖޭގެ ރިސޯޓްތަކަކީ އެކަމަށް އެންމެ އެކަށީގެންވާ ހިތްފަސޭހަ މާހައުލުތަކެއް ކަމަށެވެ.

ރާފިއު ވިދާޅުވީ ގިނަ ބަޔަކު އެ ކުޅިވަރަށް ޝައުގުވެރިވެ، ގޮލްފަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާ ނެ ކަމަށް އުއްމީދު ވެސް ކުރައްވާ ކަމަށެވެ.

"މޯލްޑިވްސް އޯޕަން 2025" ބޭއްވީ ލަންކާގެ ކެންޑީގައި ހުންނަ ވިކްޓޯރިއާ ގޮލްފް ކުލަބްގަ އެވެ.

ރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ގޮލްފް ކޯސްތައް ވެސް ހަދާފައިވެ އެވެ. އެގޮތުން ބަންދުކޮށްފައި އޮތް އައްޑޫ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަކީ ފުރިހަމަ ގޮލްފް ކޯހެއް ހަދާފައި އޮތް ރިސޯޓެއްކަން ފާހަގަކޮށްލެވެ އެވެ.