Last Updated: April 29, 11:52
Tuesday, April 29, 2025
ޚަބަރު

އާރްޑީސީގެ ޗެއާމަން ވަކިކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ޗެއާމަން މުހައްމަދު ޝަމީ އެ މަގާމުން ވަކިކޮށްފި އެވެ.

އޭނަ ވަކިކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ކަށަވަރުކޮށް ދިން ނަމަވެސް ވަކިކުރީ އިއްޔެ އެެވެ. ނަމަވެސް ޝާމީ ވަކި ކުރި ސަބަބެއް ހާމައެއް ނުކުރެ އެވެ.

އާރްޑީސީގެ ޗެއާމަންގެ މަގާމަށް އޭނަ އައްޔަން ކުރީ މިދިޔަ އަހަރުގެެ ޖެނުއަރީގަ އެވެ. ޝަމީ އަކީ ފުޅާ ދާއިރާއެއްގައި އަމިއްލަ ވިޔަފާރި ކުރައްވާ ބޭފުޅެކެވެ. އެގޮތުން ސްޓެލިއަން މޯލްޑިވްސް ގްރޫޕުގެ ޗެއާމަން ވެސް މެ އެވެ.

ކުރިން ސިފައިންގޭގައި އުޅުއްވި ޝަމީ ކުރިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުގެ ބޯޑުގައި ވެސް މަސައްކަތް ކުރެއްވި އެވެ. އަދި ކޫއްޑޫ އާއި އެންސިސް ފިޝަރީޒްގައި ވެސް ހިދުމަތް ކުރެއްވި އެވެ.