Last Updated: April 29, 11:52
Tuesday, April 29, 2025
ޚަބަރު

ސްޓެލްކޯގެ އިންޖީނު ރޫމްގައި އަލިފާނުގެ ހާދިސާއެއް

ސްޓެލްކޯ އިންޖީނު ރޫމްގައި މިއަދު އަލިފާނުގެ ހާދިސާއެެއް ހިނގައިފި އެވެ.

އެމްއެންޑީއެފުން އިންޖީނު ރޫމްގެ ތެރޭގައި ހުރި މައި އިންޖީނެއްގެ ދުން ހޮޅީގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަ ފައިޓަރުން ހަރަކާތްތެރިވެ މިހާރު ނިއްވާލާފައިވާ ކަމަށެވެ.

އެމި ހާދިސާގެ މަޢުލޫމާތު ލިބުނީ ހެނދުނު 06:19 ހާއިރު އެވެ. އެއާ އެކު ފަޔަފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކުރި ކަމަށާއި ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވުނީ 06:30 ހާއި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.