Last Updated: April 29, 10:22
Tuesday, April 29, 2025
މުނިފޫހިފިލުވުން

'އަބަދަށް' ގެ ޕްރީމިއާ މިރޭ

ބެލުންތެރިންނަށް މި އަހަރު ގެނެސްދޭ ފުރަތަމަ ދިވެހި ފިލްމު "އަބަދަށް" މިރޭ ޕްރީމިއާކުރަން ތައްޔާރުވެއްޖެ އެވެ.

އޮލިމްޕަަހަށް މިރޭ ގެންނަ މި ފިލްމަކީ މޫމިން ފުއާދު ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. އޭނަގެ 2011 ގެ ކާމިޔާނު ފިލްމު "ލޫދިފާ" ގެ ޕްޜޮޑިއުސަރު ހުސައިން ނޫރައްދީންގެ ނޫރު އެންޑް މޫވީސް އާއި އޯކޭޒްް އިންކް ގުޅިގެނެން ގެނެސްދޭ "އަބަދަށް' އަކީ ރާއްޖޭގައި މިހާރު ހުރި އިޖުތިމާއީ ވަރަށް ގިނަ މައްސަލަތަކެއް މަސްހުނިކޮށްގެން ގެނެސްދޭ ޑްރާމާ ފިލްމެކެވެ.

މީގެ މައިގަނޑު ތަރިންގެ ތެރޭގައި ވާޝިޔާ މުހައްމަދު، ޔޫސުފް ޝަފީއު (ޔޫއްޕެ)، އަހުމަދު ޝާރިފް އަދި އިސްމާއީލް ރަަޝީދު (ކޮޕީ އިއްސެ) ހިމެނެ އެވެ. މި ތަރިންގެ އިތުރުން ވެސް "އަބަދަށް" އިން ބޮޑު ކާސްޓެއް ފެންނާނެ އެވެ.

"ހޭލާ" އާއި "ހެޕީ ބާތުޑޭ" ވެސް ގެނެސްދިން މޫމިން އެންމެ ފަހުން ގެނެސްދިން ފިލްމަކީ ކުރީގެ ބަތަލާ ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު 2019 ގެ "ނިވައިރޯޅި" އެވެ.