Last Updated: April 29, 10:53
Tuesday, April 29, 2025
ޚަބަރު

ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއް

ރާއް ޖެއާއި މެލޭޝިއާއާ ދެމެދު ފަސް ދާއިރާއަކުން އެއްބަސްވުންތަކެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ރައީސް މިހާރު މެލޭޝިއާ އަށް ކުރައްވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ.

އެއްބަސްވުންތަކުގައި ސޮއިކުރެއްވުމުގެ ކުރިން ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ގުޅިފައިވާ ބަޔާނެއް ދެއްވި އެވެ.

މި ބަޔާނުގައި އެއް ޤައުމުން އަނެއް ޤައުމަށް އެއްބާރުލުންދިނުމުގެ މައްޗަށް އަލިއަޅުއްވާލެއްވި އެވެ. އެގޮތުން ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައްސަލަތަކުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރެއްވުމާއި، ދެ ޤައުމުގެ ބައިވެރިވުން އިތުރުކުރެއްވޭނޭ އިތުރު މަގުތައް ހޯއްދެވުމަށް މަސައްކަތްކުރައްވާނެކަން ވިދާޅުވި އެވެ.

ރާއްޖެ އާއި މެލޭޝިއާ ސޮއިކުރި އެއްބަސްވުންތައް:

* ކުޅިވަރުގެ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާއި އެއްބާރުލުން ދިނުން

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލެވެ. މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ހަނާން ޔިއޯހްއެވެ

* ޞިއްޙީ ދާއިރާއިން އެއްބާރުލުން ދިނުން

އެ އެއްބަސްވުމުގައި ވެސް ރާއްޖޭގެ ސޮއިކުރެއްވީ ޚަލީލެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑރ. ޒުލްކެފްލީ އަޙްމަދެވެ.

* ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން ދިނުން.

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މެލޭޝިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. މަރްޔަމް ޝަބީނާ އެވެ. އަދި މެލޭޝިއާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޓޫރިޒަމް މިނިސްޓަރު ޚައިރުލް ފިރުދައުސް އެވެ.

* ޚާރިޖީ ދާއިރާ އިން މީހުން ބިނާކުރުން

އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޝަބީނާ އެވެ. އަދި މެލޭޝިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ފޮރިން މިނިސްޓަރު މުޙައްމަދު އަލާމިން އެވެ.

* ބައިލެޓްރަލް ކޮންސަލްޓޭޝަން

ރައީސް މެލޭޝިއާ އަށް ކުރއްވާ ރަސްމީ ފުރަތަމަ މި ދަތުރަކީ އެ ގައުމުގެ ބޮޑުވަޒީރު އަންވަރުގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ.