Last Updated: April 29, 20:44
Tuesday, April 29, 2025
ޚަބަރު

މުޖުތަމައު ބިނާކުރުމުގެ ހަގީގީ މޭސްތިރިންނަކީ އަންހެނުން

ހަރުދަނާ މުޖުތަމަޢެއް ބިނާކުރުމުގެ ހަގީގީ މޭސްތިރިންނަކީ އަންހެނުން ކަމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މިއަދު "އަންހެންވެރިއްގެ ސައްލާ" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ހަރުދަނާ މުޖުތަމަޢެއް ބިނާކުރެވޭނީ ހަރުދަނާ ޢާއިލާއަކަށް ކަމަށެވެ. އަދި ޢާއިލާތައް ހަރުދަނާވެ، މީހުން ކުރިއަރައި ދާނީ އަންހެންވެރިން އެ މީހުންނަށް އެހީތެރިވުމުގައި އަދާކުރާ މުހިންމު ދައުރުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

"ޤައުމު ކުރިއަރާ ދިއުމުގައި ޙަޤީޤަތުގައިވެސް އަންހެންވެރިންނަށް ތަޢުރީފު ޙައްޤުވޭ. މަންމައިންނާއި ދައްތައިންނަނަށް،" އާދަމް ޝަރީފު ވިދާޅުވި އެވެ. "ދަރިން ތަރުބިއްޔަތު ކުރުމުގައި ހަރުދަނާ ބަޔަކަށް އަޅުގަނޑުމެން ހެދުމުގައި ކުރާ މަސައްކަތަށް."

މިނިސްޓަރު ވިދާޅުވީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަކީ ވެސް މުޖުތަމައުގެ ކަންކަން ބައްޓަން ކުރަން މުހިއްމު ދައުރެއް ކުރާ ބައެއް ކަމަށެވެ. އެގޮތުން އިޖުތިމާޢީ އަދި ޞިއްހީ ކަންކަމަށް ހޭލުންތެރިކުރުވުގައި އެންމެ ފުރިހަމަ ދައުރެއް އަދާކުރެވޭނީ އަންހެނުންގެ ކޮމިޓީތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

"އަންހެނުންގެ ކޮމިޓީތަކަށް ދިމާވާ ބައެއް ކަންކަމަށް ހައްލު ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުން. ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އަންހެނުން ކޮމިޓީތަކަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލު ލިބޭނެ،" އާދަމް ޝަރީފު ވިދާޅުވި އެވެ. "ކައުންސިލް އިމާރާތްތައް އަޅައި ނިމުނީމަ."

އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދާ "އަންހެންވެރިއްގެ ސައްލާ" ކުރިއަށް ގެންދަނީ ދެ ދުވަހަށެވެ. މުއްދަތަކަށެވެ. އެ ހާއްސަކޮށްފައި ވަނީ ކ، އއ، އދ، ވ، މ އަތޮޅުގެ ރަށްތަކާއި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށެވެ.

އެގޮތުން 59 ބޭފުޅަކު ސައްލާގައި ބައިވެރިވެ އެވެ.