Last Updated: April 29, 20:44
Tuesday, April 29, 2025
ޚަބަރު

އައްޑޫ 'ފަންނާނުންގެ ޝޯ' އަށް ހުޅުވާލައިފި

މިދިޔަ އަހަރުގެ 'އައްޑޫ އީދި ސަމާ' ގެ ފަންނާނުން ޝޯގެ ތެރެއިން.

ކުރިއަށް އޮތް ބޮޑު އީދު ފާހަގަކުރަން "އައްޑޫ އީދި ސަމާ" ގެ ނަމުގައި ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ 'ފަންނާނުންގެ ޝޯ' ގައި ބައިބެރިވާނެ ފަންނާނުންނާއި ބޭންޑްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ އެ ޝޯ ބާއްވަން ހަމަޖެހިފައި ވަނީ ޖޫން މަހުގެ 9 ވަނަ ދުވަހުގެ ރޭ ކަމަށެވެ.

'ފަންނާނުންގެ ޝޯ' ގައި ހަރަކާތްތައް ހުށަހެޅުމަށް ޝައުޤުވެރިވާ ފަރާތްތަކާއި، އާޓީސްޓުންނާއި، ޕަފޯމްކުރުމަށް ބޭނުންވާ މިއުޒިކް ބޭންޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 4 އާ ހަމައަށެވެ. ކައުންސިލުން ބުނީ ހަތަރު ފަރާތައް ވުރެ ގިނަ ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފި ނަމަ، ޝޯގައި ޕާފޯމް ކުރާނެ ފަރާތްތައް ނިންމާނީ ހުށަހެޅިފައިވާ ފަރާތްތަކަށާއި، ހުށަހެޅުންތަކަށް ބަލައިގެން ކަމަށެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް މިންހަތު ޢަލީގެ ނަމްބަރު 7793552 އަށް ގުޅައިގެން އިތުރު މައުލޫމާތު ހޯދޭނެ އެވެ.

ފާއިތުވި ތިން އަހަރު ވެސް "ފަންނާނުންގެ ޝޯ" ހިމެނޭ ގޮތަށް ކައުންސިލުން "އައްޑޫ އީދި ސަމާ" ގެ ނަމުގައި ހުރިހާ އަވަށެއްގައި ތަފާތު ގިނަ ކުޅިވަރު މުބާރާތްތަކާ އެކު ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރި އެވެ.

މި ފަހަރުގެ "އައްޑޫ އީދި ސަމާ" ޖޫން 5-13 އަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.