Last Updated: April 29, 20:44
Tuesday, April 29, 2025
ޚަބަރު

މާމިގިލީގައި އެކްސްރޭގެ ހިދުމަތް ފަށަނީ

އދ. މާމިގިލީ ސިއްހީ މަރުކަޒުގައި އެކްސްރޭގެ ހިދުމަތް ފަށަން ތައްޔާރުވާން ފަށައިފި އެވެ.

އެކަމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ޚިދުމަތް ދިނުމަށް ބޭނުންވާ މެޝިން ވެސް މިހާރު ވަނީ އެ ރަށަށް ގެންގޮސްފަ އެވެ. އެ މަސައްކަތަށް އެހީތެރިވެ ދިނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިންނެވެ.

މާމިގިލީ ސިއްހީ މަރުކަޒުން މިހާރު އަންނަނީ ވީހާ ވެސް އަވަހަށް އެކްސްރޭ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންނެވެ. މިއީ ރަށުގެ ޞިއްޙީ ޚިދުމަތްތައް ހަރުދަނާކޮށް، ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމަކަށް ވާނެ ކަމަށް ސިއްހީ މަރުކަޒުން ބުންޏެވެ.

މާމިގިލީގައި ހޮސްޕިޓަލެއް އެޅުމަށް ވެސް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. ޖުމްލަ 105 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ އާރްޑީސީއާ އެވެ.