އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓްރޭޓްގެ ޝަރަފު މިއަދު އަރުވައިފި އެވެ.
މި ޝަރަފު އެރުވީ ޑޮކްޓާ އޮފް ފިލޯސަފީގެ އިސްލާމިކް ލީޑަޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓްގެ ދާއިރާއިންނެވެ.
ރައީސް މުއިއްޒަށް ޝަރަފް ދެއްވީ އައިއައިޔޫއެމްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޔުނިވަސިޓީގެ ކޮންސްޓިޓިއުޝަނަލް ހެޑް ޓުންކޫ އަޒީޒާ އައިމިނާ އެވެ.
މިއީ ދިވެއްސަކަށް އައިއައިޔޫއެމްގެ އޮނަރަރީ ޑޮކްޓްރޭޓްގެ ޝަަރަފު އެރުވި ފުރަތަމަ ފަހަރެވެ. ރައީސް ވަނީ ޔުނިވަސިޓީގައި ތަގުރީރު ވެސް ކުރައްވައިފަ އެވެ.
އެ ޝަރަފު ރައީސް މުއިއްޒަށް އެރުވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ދެއްވި ދައުވަތަކަށް ރައީސް އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރޭގަ އެވެ. މި މަހުގެ 27 ގައި ފެށި އެ ދަތުރު ނިންމައިލާނީ މާދަމާ އެެވެ.