Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

'ފުނަ' ހަރަކާތް ބަލަން ފޭދޫ އަށް ދާން ބޭނުންވާ މީހުންނަށް ބަސް ދަތުރު އޮންނާނެ

'ފުނަ' ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.

މިނިވަން50 އާއި ގުޅުވައިގެން އައްޑޫ ސިޓީ ފޭދޫގައި ކުރިއަށްދާ 'ފުނަ' ހަރަކާތްތައް ބެލުމަށް ފޭދޫއަށް ދިއުމަށް ބޭނުންވާ މީހުންނަށް ބަސް ދަތުރު ހަމަޖެހިފައިވާނެ ކަމަށް އެ ހަރަކާތް އިންތިޒާމް ކުރާ ފޭދޫ ޔޫތް ކޮމިއުނިޓީ(އެފްވައިސީ) އިން ބުނެފިއެވެ.

އެފްވައިސީގެ ރައީސް އަލީ ހަނީޒް 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި 'ފުނަ' ހަރަކާތް ބެލުމަށް ފޭދޫއަށް އައުމަށް ބޭނުންވާ ހިތަދޫގެ ބޭފުޅުންނަށް މިރޭ 8 ޖަހާއިރު ބަސް ދަތުރު ހަމަޖެހޭނެ ކަމަށެވެ.

" ބަސް ދަތުރު އޮންނާނީ ހިތަދޫ ސްކޫލް ކައިރިން އަދި އާގަލާ މާޓް ކައިރިން. ހުރިހާ ބޭފުޅުން ވެސް 8 ޖަހާއިރު އެ ސަރަހައްދަށް ދިއުމަށް އެދެން "، ހަނީޒް ބުންޏެވެ.

ފޭދޫގައި ކުރިއަށްދާ 'ފުނަ' ހަރަކާތްތަކުގެ އެންމެހައި އިންތިޒާމްތައް ކުރިއަށް ގެންދަނީ އެފްވައިސީގެ ފަރާތުންނެވެ.