Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ހުޅުމީދޫގައި ޕީޕީއެމްގެ އިތުރު ޖަގަހައެއް ހުޅުވައިފި

'މެދެ ޖަގަހަ' ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. އައްޑޫލައިވް ފޮޓޯ: މައުބޫ

އައްޑޫ ސިޓީ ހުޅުދޫގައި 'މެދެ ޖަގަހަ' ނަމުގައި ޕީޕީއެމްގެ އިތުރު ޖަގަހައެއް ހުޅުވައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހުޅުދޫ ފިނިފެންމާ ސްޓޯރް ކުރިމަތީގައި ހުންނަ މި ޖަގަހަ ހުޅުވައިދެއްވީ ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރ މުހައްމަދު ޝާހިދެވެ. ހުޅުމީދޫގެ ޒުވާނުންގެ ފަރާތުން ބޮޑު ބެރުގެ ހަރަކާތްތަކާއި އެކު ކުރިއަށްދިޔަ 'މެދެޖަގަހަ' ހުޅުވި ރަސްމިއްޔާތުގައި ހުޅުމީދޫ ދާއިރާގެ ކައުންސިލަރ އަލީ މުހައްމަދު (އައްދު) އާއި އެރަށުގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ފަރާތްތަކާއި އެޕާޓީގެ މެންބަރުން ވަނީ ބައިވެރިވެފައެވެ.

'މެދެ ޖަގަހަ' ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. އައްޑޫލައިވް ފޮޓޯ: މައުބޫ
'މެދެ ޖަގަހަ' ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. އައްޑޫލައިވް ފޮޓޯ: މައުބޫ

ހުޅުދޫގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަހްމަދް މައުބޫދް (މައުބޫ) 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި 'މެދެ ޖަގަހަ' އަކީ ހުޅުދޫ އާއި މީދޫގެ ޕީޕީއެމް މެންބަރުންގެ އިސްނެގުމާއި އެކު ހުޅުވި ޖަގަހައެއް ކަމަށެވެ.

'މެދެ ޖަގަހަ' އަކީ ހުޅުމީދޫގައި ހުޅުވި ޕީޕީއެމްގެ 3 ވަނަ ޖަގަހައެވެ.