ހިތަދޫގެ ޖަމިއްޔާއެއް ކަމަށްވާ ނޫރުލް އިސްލާމް ޖަމިއްޔާގެ ފަރާތުން މާދަމާ ރޭ ހާއްސަ ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެފިއެވެ.
ނޫރުލް އިސްލާމް ޖަމިއްޔާގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި މާދަމާ ރޭ 8:15 ގައި ފަށާ މިޚާއްސަ ދަރުސް ބާއްވަނީ ހިތަދޫ، މަސްޖިދުލް އިކުރާމް ކައިރީގައެވެ. "ﷲގެ ގޮވާލުން" މި މައުޟޫއަށް ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ޑރ.މުހައްމަދު އިޔާޟް އަބްދުއްލަތީފާއި ފަޟީލަތުއް ޝެއިޚް އިލްޔާސް ހުސައިންގެ މި ޚާއްސަ ދަރުސް ހުށައަޅައިދެއްވަނީ ފަޟީލަތުއްޝެއިޚް ހަސަންލަތީފް މޫސާއެެވެ.
ނޫރުލް އިސްލާމްގެ ފަރާތުން ހާއްސަ ދަރުސެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު މާދަމާ ރޭ ފޭދޫގައި މިއުޒިކް ޝޯވް އެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށް ވެއެވެ.
ނޫރުލް އިސްލާމް ޖަމިއްޔާގެ ފަރާތުން ވަރަށް ފަހުން ވެސް ވަނީ ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމެއް އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފައެވެ. އެ ޕްރޮގްރާމަށް ވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.