ނޫރުލް އިސްލާމް ޖަމިއްޔާގެ ފަރާތުން "ﷲގެ ނިދާ"(ﷲގެ ގޮވާލުން) މި ނަމުގައި ބާއްވާ ދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަކީ ވަރަށް އެދޭ ކަމެއް ކަމުގައި ނޫރުލް އިސްލާމް ޖަމިއްޔާ އިން ބުނެފިއެވެ.
ނޫރުލް އިސްލާމް ޖަމިއްޔާގެ ފަރާތުން ވާހަކަ ދެއްކި އޮފިޝަލަކު ބުނި ގޮތުގައި، މިރޭގެ ދަރުސް އަކީ މިވަގުތު ރާއްޖޭގައި ތިބި އެންމެ ފުންނާބު އުސް 3 ޢިލްމުވެރިން ބައިވެރިވަޑައިގަންނަވާ ދަރުސް އެއް ކަމަށާއި، އެހެން ކަމުން މި ދަރުސް އަޑުއެހުމަށް ވީހާވެސް ގިނަ ބަޔަކު ދިއުމަކީ ވަރަށް އެދޭ ކަމެއް ކަމަށެވެ.
" ރާއްޖޭގައި މިވަގުތު ތިއްބެވި އެންމެ ފުންނާބު އުސް 3 އިލްމުވެރިން މި ދަރުސް ދެއްވަނީ. ވަރަށް ބޮޑަށް އެދެން ވީހާވެސް ގިނަ ބަޔަކު މި ދަރުސްގައި ބައިވެރިވުމަށް" ނޫރުލް އިސްލާމްގެ އޮފިޝަލް ބުންޏެވެ.
ނޫރުލް އިސްލާމުން އިންތިޒާމް ކުރާ މިރޭގެ ދަރުސް ދެއްވާނީ، ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ޑރ.މުހައްމަދު އިޔާޟް އަބްދުއްލަތީފާއި ޝެއިޚް އިލްޔާސް ހުސައިން އެވެ. މި ޚާއްސަ ދަރުސް ހުށައަޅައި ދެއްވާނީ ޝެއިޚް ހަސަންލަތީފް މޫސާ ކަމަށެވެ.
ދަރުސް ބާއްވަނީ ހިތަދޫ މަސްޖިދުލް އިކްރާމް ކައިރީގަ އެވެ. ފަށާނީ 8:15 ގަ އެވެ.