Last Updated: November 24, 17:24
Sunday, November 24, 2024
ޚަބަރު

ހިތަދޫ ފިހާރައެއް ފަޅާލައިގެން ވައްކަންކޮށްފި

އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގެ ބިއްލޫރިތަކެއް ތަޅާލައިގެން ވައްކަންކޮށްފި އެެވެ.

ހިތަދޫ ހިރާ ސްކޫލް ހިސާބުގައި ހުންނަ “އައިޝްމާ ނީޑްލްސް” ފިހާރަ ފަޅާލައިފައި ވަނީ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ.

'އައިޝްމާ ނީޑްލްސް' ފިހާރަ ފަޅާލައިގެން ވައްކަންކޮށްފައި ވަނީ އެތަނުގެ މައިދޮރުގެ ބިއްލޫރިގަނޑު ގާބުރިއަކުން ޖަހައި ތަޅާލައިގެންނެވެ.

އެހިސާބުގައި ދިރިއުޅޭ މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނިގޮތުގައި، އެހިސާބުގައި ހުންނަ މަގު ބައްތިތައް ހަލާކުކޮށްލާފައިވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި، އެހެންވެ އާންމު ގޮތެއްގައި އެހިސާބު އޮންނަނީ ވަރަށް އަނދިރިކޮށް ކަމަށެވެ.

'އައިޝްމާ ނީޑްލްސް' ފިހާރައިން ވައްކަ ކުރި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ތަހުގީގް ކުރަމުން އަންނަ އިރު އެމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެނެސްފައިވާކަމެއް ނުވަތަ ނޫންކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.