Last Updated: November 24, 13:27
Sunday, November 24, 2024
ޚަބަރު

ލިންކު ރޯޑު މަރާމާތު ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށް

ލިންކްރޯޑް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ – ފޮޓޯ: އިބްރާހިމް ރަޝީދު ވަޖުދީ

ލިންކު ރޯޑު މަރާމާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ރޯޑް ކޯޕަރޭޝަން (އެމް.އާރު.ޑީ.ސީ) އިން ފަށައިފިއެވެ.

ލިންކުރޯޑުގެ ބައެއް ހިސާބުތަކުން ތާރުގަނޑު ކަނޑައިގެން ގޮސް ވަރަށް ބޮޑަށް ހަލާކުވެފައިވަނިކޮށް، ލިންކް ރޯޑް މަރާމާތުކުރުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް 15 ވަރަކަށް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް އެމް.އާރު.ޑީ.ސީ އިން ބުނެއެވެ.

ލިންކުރޯޑު ވަރަށް ބޮޑަށް ހަލާކުވެ ބޮޑެތި ވަޅުގަނޑުތައް ހުންނާތީ އާންމުންގެ ޝަކުވާ ގިނަ ވެފައި ވާއިރު، އައްޑޫގެ މަގުތައް މީގެ ޒަމާނެއްގައި ވެސް ހަލާކު ނުވާ މިންވަރަށް މިހާރު ހަލާކުވެފައިވާކަމަށް އައްޑޫސިޓީ ކައުންސިލުން ވެސް ވަނީ ބުނެފައެވެ.

އައްޑޫ ލިންކް ރޯޑް މަރާމާތު ކުރުމާއި މަގުތައް ހެދުން 1.3 މިލިއަން ރުފިޔާއަށް އެމްއާރުޑީސީ އާއި ހަވާލުކޮށް ހައުސިންގ މިނިސްޓްރީ އާއި އެމްއާރުޑީސީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.