ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފިއެވެ.
މިކަން އިއުލާން ކުރެއްވި ގަރާރުގައި ރައީސް ވިދާޅުވީ، ނޮވެމްބަރު 7 ވަނަ ދުވަހުން ފެށިގެން މުޅި ރާއްޖޭގައި އޮތް ކުއްލި ނުރައްކަލުގެ ހާލަތު މިއަދު 5:00 އާ ހަމައިން ފެށިގެން އުވާލައިފައިވާ ކަމަށެވެ. އަދި އެ ހާލަތު އުވާލެއްވީ، 28 ސެޕްޓެމްބަރުގައި "ފިނިފެންމާ" ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް މުހިންމު ކުރިއެރުންތަކެއް ލިބެމުންދާތީ އާއި އެކަމާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށް ސަލާމަތީ ބާރުތަކުން އެމަނިކުފާނަށް މައުލޫމާތު ދެއްވާފައިވާތީ ކަމަށް ގަރާރުގައި ވެ އެވެ
އަދި މީގެ އިތުރުން ކުއްލި ހާލަތުން އާންމު ހާލަތަކަށް އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެ ވަޑައިގަތުމާއި، ބައިނަލްއަގުވާމީ މުޖުތަމައުން އެކަމަށް އެދިފައިވުމާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ރާއްޖޭގެ އިގްތިސާދާއި ޓޫރިޒަމަށް ކުރާ އަސަރު ކުޑަކުރުން އޭގެ ތެރޭގައި ހިމެނޭ ކަމަށް ގަރާރުގައި ވެ އެވެ.
މި ގަރާރު އިއްވަވައިދެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބަންޑާރަ ނައިބު މުހަންމަދު އަނިލް އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ރައީސް އިއުލާން ކުރެއްވީ ރައީސްްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އަށް ފަހު ކުރަމުން ދިޔަ ތަހުގީގުގައި މުލިއާގެ ކައިރިންް ބޮމެއް ފެނުމާއި ބ. ހިބަޅިދޫން ވެސް ގިނަ އަދަދެއްގެ ހަތިޔާރު ފެނުމާ ގުޅިގެންނެވެރ