އައްޑޫ ސިޓީ ހިތަދޫ ޕޯސްޓް އޮފީސް ހިންގާނެ އިމާރާތެއް ހޯދަން އިއުލާންކޮށްފި އެވެ.
ޕޯސްޓް އޮފީހުން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން ހިތަދޫ ޕޯސްޓް އޮފީސް ހިންގާނެ އިމާރާތެއް ކުއްޔަށް ދޫކުރަން ޝައުގިވެރިވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
އިއުލާނުގައި ބުނެފައިވާ ގޮތުން ކުއްޔަށް ދޫކުރާ އިމާރާތަކީ ސެކިއުރިޓީ ވަރުގަދަ އިމާރާތަކަށް ވެސް ވާން ޖެހޭނެއެވެ. އަދި މީގެ އިތުރުން މައި މަގެއްގައި ހުރި އިމާރާތަކަށް ވާންޖެހޭނެ ކަމަށް ވެސް ބުނެފައިވެއެވެ.
މިހާރު ޕޯސްޓް އޮފީސް ހިންގާ އިމާރާތުގައި ޕޯސްޓް އޮފީސް ހިންގަމުން އަންނަތާ ގިނަ ދުވަސްވެފައިވާއިރު އެތަނަށް ވަގުންގެ އުނދަގޫ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.