އެމްޕީއެލްގެ ސީއީއޯ ކަމަށް އޮކްޓުބަރު މަހުގެ 10 ވަނަ ދުވަހު އަންޔަން ކުރައްވާފައިވާ މުހައްމަދު ޖުނައިދު އެ މަގާމުން ވަކި ކުރައްވައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އަންޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބުރާހިމް މުއާޒު އަލީ ދެންމެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުނައިދު ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ރައީސުލް ޖުމްހޫރިއްޔާ އަންޔަން ކުރައްވާފައިވާ ކަމަށެވެ.
ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލްކަމުގެ މަގާމުގައި ހުންނެވި އައްބާސް އާދިލް ރިޒާ މަޤާމުން ވަކިކުރިކަން އިއުލާންކުރީ ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓުވީޓެއްގަ އެވެ. ނަމަވެސް އެއީ ކީއްވެ ކަމެއް އޭނާ ވިދާޅުވެފައެއް ނުވެއެވެ.