ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމުގެ ތެރެއިން އައްޑޫ ސިޓީގައި ކުރިޔަށް ގެންދިޔަ ފުޓްސަލް ކޯޗިން ކޭމްޕު ނިމި ބައިވެރިންނަށް ސެޓްފިކެޓް ދީފި އެވެ.
ހުސްވި އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީ ހުޅުމީދޫ ސްޕޯޓްސް އެރީނާގައި ކުރިޔަށް ގެންދިޔަ މި ކޭމްޕަކީ އައްޑޫ ސިޓީގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ.
މި ކޭމްޕުގައި 30 ފިރިހެން ބައިވެރިންނާއި 16 އަންހެން ބައިވެރިން ބައިވެރިވެފައިވެއެވެ.އަދި މިކޭމްޕު ފުރިިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ އައްޑޫ ސިޓީ ހުޅުމީދޫ ދާއިރާގެ ކައުންސިލަރު އަލީ މުހައްމަދު އާއި އައްޑޫ ސިޓީގެ ކޮމާންޑަރު ސަބްއިނިސްޕެކްޓަ އޮފް ޕޮލިސް ޖަމްސީދު ޢަލީ އެވެ.
ފުލުހުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދިޔަ މި ކޭމްޕުގައި ކުޅިވަރުގެ އަހުލާގާއި ފުޓްސަލްގެ ގަވާއިދާއި ޓީމެއްގައި ހުންނަން ޖެހޭ އުސޫލުތަކާއި ގަވާއިދުތައް ބުނެދީ ފުޓްސަލްގެ ހުނަރުތައް އިތުރުކުރުމުގެ ގޮތުން ތަމްރީންތަކެއް ކުރިއަށް ގެންގޮސްފައެވެ.
ފުލުހުން ދަނީ ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ފުޓްސަލް ކޯޗިން ކޭމްޕުތަކެއް ކުރިއަށް ގެންގޮސްފައެވެ.