މި މަހު ފަހުކޮޅު ނެރުމަށް ހަމަޖެހިފައިވާ “ރަން ދިހަފަހެއް” ނޫޓް ސީރީޒަށް އާންމުން ހޭލުންތެރި ކުރުވުމަށް އައްޑޫގައި މިހާރު ކުރިއަަށްދާ ރޯޑް ޝޯ އަށް އާންމުންގެ ފަރާތުން އެދެވޭ ތަރުހީބެއް ލިބެމުން އަންނަ ކަަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭގެ ފަރާތުން އައްޑޫގައި މި ރޯޑް ޝޯވ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކުރިއަށް ދާއިރު މި ހަރަކާތް ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެެވެ.
މަރުކަޒީ ބޭންކް އެމްއެމްއޭ އިން ވަނީ އަލަށް ތައާރަފު ކުރި ދިވެހި ރުފިޔާގެ ނުޓް ސީރީޒާ ބެހޭ މައުލޫމާތު، އައްޑޫގައި ހުރި ސަރުކާރު ކުންފުނިތަކަށާއި ބައެއް މުވައްސަސާތަކަަށް ވެސް މިހާރު ދީފަ އެވެ.
އޭގެ ތެރޭގައި ފެނަކަ އާއި އެމްޕީއެލް، ދިރާގު އަދި އައްޑޫ ސިޓީ ކައުންސިލް ހިމެނެ އެވެ.
“ރަންދިހަ ފަހެއް” ގެ ރޯޑް ޝޯވ އިއްޔެ ހިތަދޫ ޕާކް ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވާއިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ އާ ނޫޓްތަކާއި ބެހޭ މައުލޫމާތު އޮޅުން ފިލުވާފައެވެ.
“ރަންދިހަ ފަހެއް” ގެ ރޯޑް ޝޯ އައްޑޫގައި ކުރިއަށް ގެންދާ ގޮތުގެ ތާވަލް :
ޑިސެމްބަރު 1، 2015: ހިތަދޫ ބޮޑު މަގު/ފޭލި ފިހާރަ ކުރިމަތި (ގަޑި: 3:00 އިން 6:00 އަށް)
ޑސެމްބަރު 3، 2015: ފޭދޫ ހާބަރު (ގަޑި: 3:00 އިން 6:00 އަށް)
ޑިސެމްބަރު 4، 2015: މަރަދޫ ކުޑަކުދިންގެ ޕާކު (ގަޑި: 3:00 އިން 6:00 އަށް)
ޑިސެމްބަރު 5، 2015: ހިތަދޫ ކުޑަކުދިންގެ ޕާކު (ގަޑި: 3:00 އިން 6:00 އަށް)