Last Updated: May 2, 10:39
Friday, May 2, 2025
ކޮލަމް

މުޅު ވާހަކަ ދައްކާނެ ކަމަށް ނެތް، އަފިރިންނަށް އެނގެއި އައު ހޮސްޕިޓަލަށް އެޑާކަށް ސަރުކާރުން ނިހިނގާކަން

މީގެ ގާތްގަނޑަކަށް 14 ވަރަކަށް އަހަރަ ކުރިންކޯ ކަދުން އައްޑޫ 100 އެނދުގެ ހޮސްޕިޓަލަށް އެޑާ ވާހަކަ ދައްކާއް ފައްޓަގަތާ. ރައީސް މައުމޫނުގެ ސަރުކާރި އެމަނކުފާނު މި ހޮސްޕިޓަލަށް އެޑާ ވާހަކަ ދައްކައި އައްޑޫ ރައްޔިތުން މުއަ ހަދުވަގެން ވޭޑޭ ވޭލެއި އެ ވެރިކަމަސް ނިމެނެއި.

ދެން އައި އައްޑޫ ގިނަ ބާކިންގެ ތާޢީދާއި އެއްކޮށް ވެރިކަމަށް އާ ރައީސް ނަޝީދު. އެ ބޭފުޅާގެ ސަރުކާރި އަސް 3 އަހަރަ ވެގެން ގެއި ހޮސްޕިޓަލް އެޑާއް ނިފެއްޓި. ބާކިން އެބޭފުޅާ ކުއްލައި ވެރިކަމުން ވެއްޓީ ކަމަށް އިސްތިއުފާ ދިނީ ކަމަށް މިކޯ ދެން ބަލާކަށް ނެތިމާ. ކޭތި އަޑަ އިވެނީ ހޮސްޕިޓަލް އެޑާއް ނަޝީދު އަސް މަސައްކަތް ކެރި އައު.

ދެން އައި ރައީސް ވަޙީދު އަކާގެ ސަރުކާރައް. އެބޭފުޅާ އާސް ހޮސްޕިޓަލް އެޑާއް ވެގެން އާސް އެއްކަލަ ހިތަދޫ ސްޓޭޑިއަމި ކަވަރިޔެ އޮންނެ ބިމަށް ބަލައި ބަލަފެއި ފަހުން ކައުންސިލާއި އަރާރުން ވެފެއި އެކަމަކަސް ނިމިގެ. ކައުންސިލުން ބެނަނީ ތިމާމެން ބިމަށް ދެއްކިމާއު، ސަރުކާރުން ބެނީ ކައުންސިލާއި ހެދީ މިކަން ނިވީއައު.

ރައީސް ވަޙީދު އަކަށް ނިއެޑެނެ. އެޑާއް ނިއެސް ފެއްޓެނެ. ދެން ވެރިކަމަށް ވަޑަގަތީ މިކޯގެ ރައީސް ޔާމީން. އެބޭފުޅާ ވެރިކަމަށް އައި ހޮސްޕިޓަލް އެޑާނެ ކަމުގެ ޔަޤީންކަން ދެމުން.

އެކަމަކި ވެރިކަމަށް 2 އަހަރަ ވެގެން އެބެގޭކޯ 2 ކަލަށް ހޮސްޕިޓަލި ބީލަން ހުޅުވަފެއި ކޮންމި ކަލަކި ބާތިލް ކޮށްލަނީ. ވޭ އެއްތައް ބެނަނީ އަށް ނުން. ދެން އައްޑޫ ދާއިރާތަކަށް ނިސްބަތްވޭ މަޖިލިސް މެންބަރުންގެ ތެރެއިން ސަރުކާރަށް ތާޢީދު ކެރާ މީހުން ބެނާ ގޮތުން ފެހޭ " އެޑާށިޔެ، އެޑާށިޔެ". ވޭނިވޭ އޮޅުން ފަލުވާއް ވެގެން ފޭދޫ މެންބަރު އިބްރާހިމް ދީދީ އެކުހުން އެހިމެއި އެބޭފުޅާ ބެނަނީ، "މައް ޔަޤީން އެޑާހެއް" . ދެން ހިށީ ހުޅުދޫ މެންބަރު ޝާޙިދު.އެބޭފުޅާ އަސް ބެނަނީ "2017 ގެ ކުރިން ހުޅުވާށިއައު" . އެކަމަކި ނިއެޑި ލަސްވެނީ ކިޔަންވީ ކަމަށް، ބީލަން ކެންސަލް ކެރަނީ ކިޔަންވީ ކަމަށް މިވެރިޔެ ނިބެނަތާ.

2014 ވަނަ އަހަރަ ފޭދޫ ލާއި ރައީސް ޔާމީން ވިދާޅަވީ 2014 ވަނަ އަހަރަ ނިމުމުގެ ކުރިން ހޮސްޕިޓަލި މަސައްކަތް ފަށާނެ ވާހަކަ. އަފިރިން އަޖާއިބު އަންތަރީސް ވޭ ކަމަކީ، އެހެން ވިދާޅަވީ ފަހުން 2014 ނިމި 2015 އަސް މި ނިމެނީ. އެބެނާ ހޮސްޕިޓަލަށް އެޑާއް ނިއަށް ފެއްޓެއި.

މިފަހަރަސް ބީލަން ކެންސަލް ކޮށްލާއި މިނިސްޓަރ ޖިހާދު ވިދާޅަވީ، ހޮސްޕިޓަލި މަސައްކަތް "މަޑަޖައްސަލީ" އައު. އަޖާއިބަކީ މަޑަޖައްސާނެއި ދުވަހަކިއަސް ބާކިން ކެރާއް ފެއްޓި މަސައްކަތަށް އެއްތެއްނާ ނު. މި ހޮސްޕިޓަލަކާއު ކޭއި ކޭއި ތިބުން ނުން ކަމަށް މިވެރިންގެ ނެތް. އިޚްލާސްތެރިކަމަށް އޮތް ސަރުކާރަށް އެއްތެއްނާ އެންމެ ކުދު މިނުން ވޭނިވޭ އަސް ބެނާއްވެގެ ނުނީ. ނިއެޑޭ ފެހޭ "އޯއި ތިމާމެންނަށް މިކަން ނިވޭށިއައު" ނަލަކޮށް ބެނަލީމެއި ނިމެނެއިތާ.

ދައުލަތި ލާރި ނެތިގެން އެނެއްކަމަށް ނިވެގެން އައްޑޫ ހޮސްޕިޓަލް ނިއެޑެނާއު ބެނާކޯ މިދާއްކެން ދުވެހި ރައީސް ޔާމީން ވިދާޅާވީ، މާލޭ އައިޖީއެމްއެޗަށް 25 ބުރީގެ އައު އިމާރާތަށް 2 އަހަރުން އެޑާށުމާއު. މީ މިވެރިންގެ އިޚްލާސްތެރިކަން ހިންނެ ވަރަކީ. އެހެންމެއި ތެބެ އެނގެއި ނު އައްޑޫ ހޮސްޕިޓަލް ނިއެނޑިގެން ހިނގަނީ ސަރުކާރުން އެކަން ކެރާއް ބޭނުން ނިވޭ ހެދީ ކަން. ކޮންމެހެން ލާރިއަށް ނެތިގެން ނުންކަން.

މީގެ އެންމެ ދެރައި ސަރުކާރުން ހަދާނެހެއި އެއްތައް ހަދުވާއް ވެގެން އަފިރިން ހޮވަފެއި ތިބި މެންބަރަކާ މެންނަސް އަތްޖަހަ ޖަހައި ތިބޭކަން. ރަށާއު ކޭފެއި އެއްތަކާއު ކޭއްވީމެއި ލޮނޮމަޑަވެފެއި ތިބެނީ ހަމަ. އެހެންނާ މީ އަފިރިންގެ ވިންދު އެނގެއި އައުކޭފެއި މަޖިލީހަށް ހޮވެނެ މެންބަރާ.

ސަރުކާރުނަސް އަދި މަޖިލިސް މެންބަރުންނަސް ހޮސްޕިޓަލް އެޑާށުމާއު ކޭފެއި މުޅު ވާހަކަ ދައްކާނެ ކަމަށް ނެތް. އަފިރިންނަށް އެނގެއި މިތަނި ތެ ހޮސްޕިޓަލް އެޑަގެން މިތާއް މީހުން އާސްގެން މިތަން ތަރައްޤީވޭތަން ބަލާއް ތެ މާލޭ ސަރުކާރަށް ހަޖަމު ނިވޭހެއްކަން. އެހެންވެ ބަހަނާ ދައްކަފެއި އެކަން ނިކެރާއް ތެހިގަނީ.

ހިޔާލު ފާޅުކުރައްވާ 7ކޮމެންޓް

EYES88

ތީކޮންމެ ސަރުކާރަކާއިވެސް އެއްބައި ނުވާ ދެކޮޅު ވެރިކަމުގައި އޮވެގެން އާބާދީ ބޮޑު ވުމުން އެއިގެ ނާޖާއިޒް ފައިދާ ނަގަމުން ދާބަޔަކު ތިބި ރަށެއް ތިޔަބައި މީހުން އިސްލާހްވެ ރަގަޅު މަގަށް އެބުރުމަށާއި ވެރިންނަށް ބޯ ލަަނބާ ބަޔަކަށް ވުމަށް އެދެން

jalle

ތަފިރިން ގަޅީނީ – އަދިޔަސް 2ރުފިޔާ ވޯޓު ވިއްކާ ތަފިރިޔަ އެތިބެއު..

Ibrahim Rasheed Wajdhee mrdc

އަހަރުމެން ވެރިން ހޮވާ މަގާމުތައް ހަވާލުކުރަނީ އެމީހުންނަށް ބޯލަބާ ކިޔަމަންވާކަށްނޫނެވެ. އެކަންމިކުރަނީ އަހަރުމެން ބޭނުންވާކަންތައް އެމީހުންލައްވާ އަހަރުމެން ޓެކުސްދައްކައިގެން ޖަމާކުރާފައިސާއިން އަހަރުމެންގެ ކަންތައް ކުރުވަންކަން ނޭގޭމީހުންނަކީ މި އަދުގެ މާހައުލާއި ގުޅުމެއްނެތް ވަރައްވެސް ބޯދާ ވިސްނުމުގެ ބައެއްކަމަށް ، ކޮމެންޓްކުރިފަރާތައްބުނަމެވެ. 2018 އައުމުން އަހަރުމެން ކައިރިއަށް އައިސް ވޯޓޭ ނުކިޔާށެވެ.

Dabiyaa thutthu

ބަލެ މިޔާކި ނެއް ނުނީ މައްސަލާއް ، ތަފިރިން ވިކިގެން ހޮވި ވެރިކަން މީ. #ޑީލް ވިތް އިޓް.

Addu Elha biya

އައިއެސް88 އަކީ މައް ހީވެނީ ބީތާ ވެފެއި ހިށި މީހަކާ ހެން. ސަރުކާރު ގެ ބޭނުމެއް ވެސް މި ސޮރަކަށް ނޭނގޭ. ސަރުކާރެއް އުފެދެނީ ކިހިނެއް ކަމެއް ވެސް ނޭނގޭ. ރައްޔަތުން ނަކީ އެގައުމެއްގެ ވެރިން ކަމެއް ވެސް ނޭނގޭ.ތަންދޮރު ނޭގުނަސް އަގަތަޅަން އެބަ ޖެހޭ ވިއްޔަ.

Afirin

އައިއެސް88 އަކީ މިޒަމާނުގެ މީހެއްނުން ވަރަށް ބޮޑް ގަމާރެއް..

Laula

ވެރިކަމަށް މީހުން އައްޔަން ވެވޭނެއިއަސް، ވެރިކަން ދެމެހެއްޓޭނެއި އަސް، ވެރިކަމި ހިންނެ މީހަކާއް ރިވެތި ނަމައް ލިބޭނެއިއަސް، އެ މީހާގެ ނަން ރިވެތި ކޮށާއި ހުތުރުކޮށް ތާރީޚެ ލޭނަނެއިއަސް، އައްޑޫ މީހާ. އިލްމާއި، ހުނަރަ އައްޑުން ނެތި ނިއޭހެއް، އިރާދަކުރެއްވިފެހޭ ދުވަހަށަސް. އެކަމަށް ރާއްދޭގެ އެހެން އެއްވިއަސް ބާކިން ހަސަދަވެރިވުމުގެ ބޭނުމަކަސްނެތް.