Last Updated: November 23, 21:59
Saturday, November 23, 2024
ޚަބަރު

ފަނޑިޔާރުން ތިއްބެވީ މަސައްކަތް ހަވާލުކުރައްވަން ދެން: އަޒްމިރަލްދާ

ހައި ކޯޓުގެ ދެކުނު ގޮތްޕަށް އައްޔަންކޮށްފައިވާ ފަނޑިޔާރުން ތިއްބެވީ އެބޭފުޅުންނާއި މަސައްކަތް ހަވާލުކުރެއްވުމާއި އެކު މަސައްކަތް ފައްޓަވަން ތައްޔާރަށް ކަމަށް އެ ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ވިދާޅުވެއްޖެއެވެ.

އަޒްމިރަލްދާ މިގޮތަށް ވިދާޅުވެފައިވަނީ، މިއަދު 'އައްޑޫލައިވް'ގައި ޝާޢިއުކުރި ޚަބަރަކާއި ގުޅޭގޮތުން އެބޭފުޅާގެ ފޭސްބުކްގައި ޝާޢިއުކޮށްފައިވާ ލިޔުމަކާއި ގުޅިގެންނެވެ.

" ކަމާއި ބެހޭ ފަރާތްތަކުން އެބޭފުޅުންނާއި މަސައްކަތް ހަވާލުކުރެއްވުމާއި އެކު މަސައްކަތް ފަށަން ތައްޔާރަށް މިތިބީ " ފަނޑިޔާރު އަޒްމިރަލްދާގެ ފޭސްބުކްގައި އެބޭފުޅާ ލިޔުއްވާފައި ވެއެވެ.

އަޒްމިރަލްދާ ޒާހިރުގެ ފޭސްބުކްގައި ޝާޢިއުކޮށްފައިވާ ލިޔުމުގެ ސްކްރީން ޝޮޓެއް.
އަޒްމިރަލްދާ ޒާހިރުގެ ފޭސްބުކްގައި ޝާޢިއުކޮށްފައިވާ ލިޔުމުގެ ސްކްރީން ޝޮޓެއް.

އަޒްމިރަލްދާގެ ފޭސްބުކްގައި އެބޭފުޅާ އިތުރަށް ލިޔުއްވާފައިވާ ގޮތުގައި " ހައި ކޯޓުގެ ދެކުނު ގޮތްޕަށް ކަނޑައެޅި ފަނޑިޔާރުން ކުރާނެ ކަމެއް ނެތުމުން 'ސައިޓް ސީންގައި' މި ސުރުޚީގެ ދަށުން އައްޑޫލައިވް ލިޔެފައިވާ ޚަބަރަކީ ދޮގު ޚަބަރެކެވެ.އެ ވިދާޅުވާ ކަތީބަކާއި އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކާ ދިމާވެފައެއް ނެތެވެ. "

ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރެއްގެ މަޤާމުގައި ހުންނެވި ކުރީގެ ކަތީބު މުހައްމަދު ޖަމީލް އާއި ހައި ކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުންނާއި އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވެފައިވާއިރު، ހައި ކޯޓު ދެކުނު ގޮތްޕަށް މުވައްޒަފުން ނެގުމަށް ބޭއްވި އިންޓަވައު ޕެނަލްގައި ޖަމީލް ހިމެނިވަޑައިގަންނަވައެވެ.

ކޯޓްގެ ދެކުނު ގޮފީގެ ވަޒީފާތަަކަށް ކުރިމަތިލި ފަރާތްތަކާ އިންޓަވިއު ކުރި ޕެނަލްގައި ޕީޕީއެމަށް ނިސްބަތްވާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރަކު ހިމެނުނު މައްސަލާގައި ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް، އޭގެ ދުވަސްތަކެއް ފަހުން އެ އިންޓަވިއު ވަނީ އަލުން ބާއްވާފައެވެ. ފަހުން ބޭއްވި އިންޓަވިއު ކުރިއަށް ދިޔައިރު އިންޓަވިއު ޕެނަލްގައި ޖަމީލް ހިމެނިވަޑައެއް ނުގަންނަވައެވެ.

ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދުގެ 83 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވާ ގޮތުން އިންޓަވިއު ޕެނަލްގައި ސިޔާސީ މަޤާމެއް އަދާ ކުރަމުންދާ މީހަކު، ނުވަތަ ސިޔާސީ ޙަރަކާތްތެރިއަކު ހިމެނައިގެން ނުވާނެ ކަމަށެވެ.