ސ.ހުޅުދޫ އެއި ގާއިމްކޮށްފެއިވޭ ހައި ކޯޓެ ދެކުނެ ގޮފި އެއި އިސް ފަނޑިޔާރަކަށް އަލްއުސްތާޛް އަބްދުލް ޣަނީ ހަމަޖައްސަލިޔެ.
ކޯޓުތަކާއި ބެހޭ ގާނޫނެ ދަށުން ގާއިމްކޮށްފެއިވޭ ހައި ކޯޓެ ދެކުނެ ގޮފިއަށް ދެން ކަނޑައެޅި ފަނޑިޔާރުންނަކީ، އަލްއުސްތާޛާ އަޒްމިރަލްދާ ޒާހިރު އާއި އަލްއުސްތާޛް ޝުޢައިބު ޙުސައިން ޒަކަރިއްޔާ.
މިގޭ އަހަރަ ޑިސެމްބަރު މަހި ކޯޓުތަކާއި ބެހޭ ގާނޫނަށް ގިނާ އިސްލާޙަކާއި ގުޅިގެން 90 ދުވެހި އެތެރެ ރާއްޖޭ ދެކުނާއި އުތުރެ ހައި ކޯޓެ ދެ ގޮފި ގާއިމްކޮށްފެއި އިސްތިއުނާފު ވޭނެ އިންތިޒާމް ހަމަޖައްސައި ދޭއް ޖެހޭ ހެއް ކަމަށް ބެނަފެއި ވިޔަސް އެ އިންތިޒާމު ހަމަޖެއްސިފެއި ނިވެއި.
ދެކުނެ ހައި ކޯޓެ ގޮފި ހިނގުވާއް އިމާރާތަށް ހަމަޖައްސައި ފަނޑިޔާރުން ހުޅުދޫ އަށް ފެނޑުވަފެއި ވިޔަސް މެހެއިތާން އެ ކޯޓެ މަސައްކަތް ވެނީ ފެށޭ ގޮތް ނިވެފެއި.
ވަރަށް ފަހުން ހައި ކޯޓެ ދެކުނެ ގޮފިއަށް އައްޔަން ކޮށްފެއިވޭ ފަނޑިޔާރަކާ ވިދާޅަވެފެއިވޭ ގޮތެ، އެބޭފުޅުން ތިބީ ކަމާއި ބެހޭ ފަރާތުން މަސައްކަތް ހަވާލަ ކެރިހެއި އަވަހަކަށް މަސައްކަތް ފަށާގޮތަށް.
ހައި ކޯޓެ ދެކުނެ ގޮފިއަށް އިސް ފަނޑިޔާރަކާ ހަމަޖެއްސުމާއި އެއްކޮށް ގިނަ ބާކިން އުއްމީދު ކެރަމުން އެނީ ވަރަށް އަވަހަށް އެ ކޯޓެ މަސައްކަތް ފެށޭހެއް ކަމަށް. ސަބަބަކަށް ވެފެއި ވެނީ އިސްތިއުނާފު ކެރުމުގެ ހައްގުން ދެކުނެ ރައްޔިތުން މަހްރޫމް ވެފެއި ވޭތާން މިކޯ މިވެނީ އަހަރަށް ހެއި ދުވަސް ވެފެއި.