އައްޑޫ ސިޓީ ހިތަދޫ އެއި މީގެ ކުދު ވޭލަކެޑައް ކުރިން އެކްސިޑެންޓަށް ވެގެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފެއިވޭ ގޮތެ މި އެކްސިޑެންޓް ހިނގަފެއި ވެނީ، ހިތަދޫ ކުދުކުދިންގެ ޕާކެ ކަވަރިން ދެ ސައިކަލަ ޖެހިގެން. މި އެކްސިޑެންޓް އެއި އަނިޔާވީ މީހުންނަށް މިކޯ ހިތަދޫ ރީޖަނަލް ހޮސްޕިޓަލި ފަރުވާ ދެމުން އެނީ. އެކަމަކި އަދި އެވެރިންނަށް ލިބެނެ އަނިޔާގެ ތަފްސީލަށް ސައުފު ނިވެއި.
މަންޒަރަ ދިށި މީހަކާ އައްޑޫލައިވް އަށް މައުލޫމާތު ދެމުން ބެނީ ބާރަ ސްޕީޑެ ދިއްވަފެއި ގޭ ޕަލްސާ އަށް މަގުން ގޭ އެހެން ސައިކަލަށް އޯވާޓޭކް ކެރާ ވޭލެއި 2 ސައިަކަލަ ޖެހިފެއި ހިނގި މިއެކްސިޑެންޓް އެއި އެއްވިއެސް މީހަކާއް މާ ބޮޑޮ އަނިޔާއް ނިވެއި. ޕަލްސާ ސައިކަލާ ދިއްވާ ހިށީ ފިރިހެނަކާ އަށާއި ސައިކަލާއިން ގޭ ދެ އަންހެނުން ގައި ބައެއް ތަންތަން މަށަގެން ގެއުން ފިޔަވައި އެހެން އަނިޔާއް އެވެރިންނަށް ނިވޭކަމަށް މަންޒަރަ ދިށި ފަރާތުން މައުލޫމާތު ދެއި.