Last Updated: November 23, 17:46
Saturday, November 23, 2024
އައްޑޫ ބަހުން

ބެންކާއި ޕޮލިހުނާއި ކޭފެއި ގުޅަގެން ކާޑާއި މައުލޫމާތު ހޯދަނީ، އެކައުންޓެ ހިށި ލާރި ކެޑާ ވަގަށް ނަގާއް!

މި ދުވަސްކެޑާއި ރާއްޖޭ އެންމެ އާންމުވެފެއި ވޭ އެއްކަމަކީ، ބެންކް އޮފް މޯލްޑިވްސް ނުންފެހޭ ޕޮލިހުނާއު ކޭފެއި އެކި މީސް މީހުންނަށް ގުޅަފެއި، ބެންކެ ކާޑާއި މައުލޫމާތު ހޯދުން.

މިގޮތަށް މީސް މީހުންނަށް ގުޅަފެއި މައުލޫމާތު މި ހޯދަނީ، "އާސަންދައެއި ބާކީ ޖަމައުކެރާއް"، "އެއް ނަމަކި 2 ކާޑު ހެދިގެން" ނުންފެހޭ "ކޮންމިއެސް ލަކީޑްރޯ އަކި ލިބެނެ ލާރި ޖަމައު ކެރާއް ވެގެނާއު" ކޭފެއި. ކަންކާ ކަން ނިއެނގޭ ނަންބަރަ ތަކުން ގުޅިމެއި ބައެއް މީހުން ކާޑާއި މައުލޫމާތު ދެރެގެން އެވެރިން އެކައުންޓެ ހިންނެ ލާރި ކެޑާ މިގޮތަށް ގުޅާ މީހުން އެނީ ނަގަމުން.

އެގޮތުން މީގެ ދުވަސްކެޑައް ކުރިން ބީއެމްއެލް އިނާއު ކޭފެއި ގުޅަގެން ނައިފަރި އަންހެނަކާ ކާޑާއި ހިށި މައުލޫމާތު ހޯދަގެން އެމީހާ އެކައުންޓެ ހިށި އެއް ލައްކަ ރުފިޔާ ވެނީ އެހެން ކޮންމިއެސް އެކައުންޓަކަށް ޓްރާންސްފާކޮށްފެއި.

ފުލުހުންނާއި ބެންކުން މައުލޫމާތު ދޭ ގޮތެ އެފަރާތުން އެއްވިއެސް ރައްޔިތަކާގެ ބެންކެ ކާޑާއި ބެހޭ އެއްވިއެސް މައުލޫމާތަށް ހޯދާއް ނިގުޅާށިޔެ. އެހެން ކަމުން މިގޮތަށް އޮޅުވަގެން ބެންކެ ކާޑާއި މައުލޫމާތު ހޯދާއް އެއްވިއެސް މީހަކާ ގުޅިއަސް މައުލޫމާތު ނިދޭއް ބެންކުން އިލްތިމާސްކެރައި.

މީގެ އިތިރަށް އާންމުކޮށް ރެސްޓޯރެންޓްތަކަށް ގޮއްސެއި ބިލުތަކަށް ލާރި ދައްކާއް ވީމެއި، ވެއިޓަރުން އަތަށް ކާޑު ދެރެފެއި ފެޑުވުމަކީ އަސް އެހެއި ރައްކޯތެރި ކަމަށް ނުން. ބެންކެ ކާޑާއި ބޭރެ ހިންނެ މައުލޫމާތު ތަކަކީ އެ މައުލޫމާތު ބޭނުންކޮށްގެން، ތިމާ ކާޑާއިން އެހެން މީހުންނަށް އިންޓަނެޓް މެދެވެރިކޮށް ވިޔަފާރިކެރުމުގެ ފުރުސަތު ލިބޭނެ މައުލޫމާތު.

އެހެންވީމެއި ހުށިހެއި އެންމެންނަސް މިކަމަށް އިތިރަށް ސަމާލުކަން ދެރެ ޚާއްސަ ގޮތަކި، އަފިރިންގެ މުޖްތަމަޢް އެއި ތިބި އުމުރުން ދުވަސްވީ މީހުންނަށް ވަކިން ޙާއްސަ ގޮތަކި މިކަހަލެއި ކަންކަމާއި ބެހޭ މައުލޫމާތު ދިނުމަކީ ފަރުދީ ޒިންމާއަށް ކަމަށް ދެކިގެން މިކަން ކެރާއް ތެބެ ޖެހެއި.

އަދި މިގޮތަށް އޮޅުވަގެން ކާޑާއި މައުލޫމާތު ހޯދާއް ގުޅާ މީހުންގެ ފޯނު ނަންބަރަތަކާއި އެއްތެތި ސޯޝަލް މީޑިޔާއެއި އެހެން މީހުންގެ ސަމާލުކަމަށް ގިނައުމަކީ، އެވެރިންގެ ފުށުން އަފިރިންގެ މުޖްތަމަޢް އެއި ތިބި އެންމެން ސަލާމަތްވޭއް ތިމާ އަމެއްލާއް ވޭނެ ކަމަށް. އަދި ލަސްނިކޮށް އެފަދަ ނަންބަރަތަކި މައުލޫމާތު ފުލުހުންނަށް ހިއްސާކެރުމަކީ އަސް އެވެރިން ހޯދާއް ފުލުހުން ކެރާ މަސައްކަތަށް އިތިރި ބާރަށް ލިބޭނެ ކަމަށް.