އެކަމަކި 2015 ވަނަ އަހަރަ ނިމިގެން މިއެބޭނީ އައްޑޫ ރައްޔިތުންނަށް އިތިރި ހިތްދަތިކަމަށް މި ހަސްފަތާލި މައްސަލާއި ލިބިގެން. މެހެއިތާން އެއްވިއެސް ސަރުކާރަކުން ސީދާ މަސައްކަތް މަޑަޖައްސަލިމާއު ބެނަފެއި ނިވިޔަސް، މިކޯގެ ސަރުކާރުން ސީދާ ރައްޔިތުން ކުރިމައްތެ ބެނަލިޔެ، ތިމާމެން ހަސްފަތާލި މަސައްކަތް 'މަޑަޖައްސަލިމާއު'. އަފިރިން ގަބޫލުކެރާ ގޮތެ އެބެނީ މިކަން ހުއްޓަލިމާއު، ދެން ނިއެޑާށުމާއު.
މައުމޫނު އެއި ނަޝީދުގެ ސަރުކާރެ އަދި ވަހީދުގެ ސަރުކާރުނަސް އައްޑޫ މީހުންނަށް ދެއްކި މަންޒަރަކީ ތިމާމެން މި ހަސްފަތާލާއް ނިއެޑިގެން މަރަދަންޖެހޭ ކަން. މިކޯ ވެރިކަމި ހިށި ޔާމީނު އަސް ދައްކަމުން އެނީ އެމަންޒަރަ. 2015 އެއި ޔަގީނާއު ކޭފެއި އެންމެ ފަހުން އެ ސަރުކާރެ ވެރިން އަރައި ބެނީ މިކޯ ތިމާމެންނަށް ފެނޭ ގޮތެ އެހެއި މުހިއްމައް ނުނާއު އައު ހަސްފަތާލަށް އެޑުން. އެންމެ މުހިއްމު ކަމަކީ، މިކޯ ހިށި ހަސްފަތާލަށް މަރާމާތު ކެރުމާއު.
މަރާމާތު ކެރާ ވާހަކަ ދައްކާ ކަލަކި، 2011 ވަނަ އަހަރި މިކޯ މިހިށި ހަސްފަތާލަށް މަރާމާތު ކެރާއް ނަޝީދުގެ ސަރުކާރުން އެއްމިލިޔަން ރުފިޔާއް ވަނި ހެއުކޮށް ޚަރަދަ ތެބެ ކެޑެޔަ. ޓާޝަރީ ފެންވަރަށް ތަރައްގީ ކެރާށާއު ކޭފެއި ދެޅެ މިލިޔަން ރުފިޔާއް 2014 ވަނަ އަހަރަ އޮގަސްޓެ ސަންޝެލް މޯލްޑިވްސް އައު ކޭބާކިންނާއި ހަވާލަކެރިޔެ.
އެދުވެހި އެކްޓިން ހެލްތު މިނިސްޓަރު މުހައްމަދު ނާޒިމް ބެނީ ހިތަދޫ މިކޯ އެހިށި އަސްފަތާލަ މަރާމާތުކޮށް ނިމެނެމެއި އެތަން ވަރަށް ބޮނޑަށް ތަރައްގީ ވޭށިޔައު. ހަސްފަތާލަކީ ޓާރޝަރީ ތާކަށް ވެގެން އޭށިއައު. މައިންނާއި ކުދުކުދިންގެ ސިއްހަތާއި ބެހޭ ބާކާއި ފެންވަރި އައު ކޮންސަލްޓޭޝަން ރޫމަކާއި ޕްރައިވެޓް ރޫމުތަކަސް މިފަހަރަ ހެދޭށިޔައު. ޚިދުމަތް %100 ޕަސެންޓު ރަގަޅަ ވެގެން އޭށިއައު.
ކަޅިބިތެ ރަޅަވަނޑި އެޑަފެއި ހިށި ހަސްފަތާލައް ތަރައްގީ ކެރުމަށް ކެރާ މަސައްކަތަކީ ފޫވެއްޓިފެއި ހިށި ބާލިދީއަކަށް ފެން އެޑުން ކަހަލެއި ކަމަށް. ލޮނޮއިގެ އަސަރަކޮށް ހަސްފަތާލި ގިނިވޭޑޭ ވެހިކަލްތަކާއި، އޭސީ ތަކި އައުޓްޑޯ ޔުނިޓުތައް ދަބަރަށް ވެގެން އޭ މަންޒަރަ ހޮސްޕިޓަލައް އޭ އެންމެންނައް ފެނޭހެއް.
200 މިލިއަނަށް ވަނި ގިނަ ރުފިޔާ އައު ހަސްފަތާލަށް އެޑާއް ލިބިފެއި ހިށެއި އެނެއްކަލާއި މިބެނަނީ، ތިމާމެން މިކޯ މިހިގަނީ 308.4 މިލިއަން ރުފިޔާގެ ލޯނަށް ނަގާށާއު. މިވެރިން ބެނާ ގޮތެ މި ލޯނަށް ނަގަނީ، މިކޯ ހިށި ހަސްފަތާލަށް ތަރައްޤީކެރާއް. އަދި މިވެރިން ބެނާގޮތެ އައު ހަސްފަތާލަށް އެޑުމަކީ، ވަރަށް "ޚަރަދަ ބޮނޑޮ" ކަމަށް.
މެހެއިތާން އާ ސަރުކާރަކަތަކަށް 100 އެނދުގެ ހަސްފަތާލާއި ގުޅުން ހިށި ކަމަކަށް ވީ ހަމައެކަނި ކަމަކީ އެތަނި ޑިޒައިން ކެރުމުގެ މަސައްކަތް ކެރުން. ހަސްފަތާލި ޑިޒައިންކޮށް ނިމެނެމެއި އިޔާ ހިފަގެން އައްޑޫއަށް ނިސްބަތްވޭ "ބޮނޑޮތި މީހުން" ގޮސް މާމެންދޫ އެއި ހޮސްޕިޓަލް އެޑާއް ބެނާތަނި ތިބެ ސޮނި ވައްޓަގެން އިހައި އިހަފެއި އެބެގެއި. އެކޯ އެވަރަ ފުރިހަމަ ޑިޒައިނަކަސް ނެތް. އެކަމަކި މިކޯ އެ ތަޖުރިބާކާރުން ބެނާގޮތެ ޑިޒައިނާ އަސް ކަމި ނިވެއި. ހޮސްޕިޓަލް އެޑާފެހޭ އިތިރަށް ލާރިއަސް ބޭނުންވެއި. އެހެން ޕާޓީތަކި ތިބި މަޖިލީސް މެންބަރުންނަސް ތެބެ ޖެހެއި، ސަރުކާރަށް ސަލާން ޖަހާއް ނައިށިގަނޑަ ހިފަގެން އޭއް.
ހަސްފަތާލަށް އެޑުވާއް އައްޑޫ ތިބި އެންމެން ފިޔާތޮށި ކުލަ ގައިލާގެން ނުކުންނަކަށް ނިޖެހެއި. އަދި މަހަކި އެއްފަހަރަ އައްޑޫއަށް ސަރުކާރެ ވެރިން އާއްސެއި، ހަސްފަތާލަ އެޑާހެއް ކަމަށޤ ބެނާ ހިސާބި "ދަރަ ކަނޑާއް" އޭކަށަސް ނިޖެހެއި. ސަރުކާރި އިޚްލާސްތެރިކަމަށް ހިށިފެހޭ ނަލަކޮށް ބެނަލާއް ވެނީ ތިމާމެން އެހެން ކަންކަމި ހަސްފަތާއު އެޑާއް ނެގި ލޯނެ ލާރި ޚަރަދަކޮށްލިމާއު.
މިތަނުން އިނގިރޭސިން އެބެގޭކޯ ހިށި ހަސްފަތާލި ތިބި އެއްތެތި ނާގެން ތަފިރިން މާލެ އެބެގޭ ފަހުން އަފިރިން މިތިބެނީ އަދިއަސް ނައިށިގަނޑަ ހިފަގެން އާދޭސް ކެރާއް. އެކަމަކި ތަފިރިން ތެހަދަނީ ހުސް ދޮގޮ. މަސައްކަތް ކެރަނީ އަފިރިން އޮޅުވާއް. އެކަމަކި އަފިންނަށް އެނގެއި، އައު ހަސްފަތާލަށް މިތަނި އެޑުމަކީ އެއްވިއެސް ސަރުކާރަކުން ކެރާނެ ކަމަށް ނުންކަން.