އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އަދި އާސެނަލް ބައްދަލު ކުރި މެޗު 1-2 ގެ ނަތީޖާ އަކުން އާސެނަލް ކާމިޔާބުކޮށް މިސީޒަނުގެ ތަށްޓަށް ކުރާ އުއްމީދު އާކޮށްފިއެެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ގޯލު ޖަހައި ލީޑު ނަގައި ދިނީ ތިއޯ ވަލްކޮޓް އެވެ. 33 ވަނަ މިނެޓުގައި ކާމިޔާބުކުރި މި ގޯލު ޖެހުމަށް އެހީތެރި ވެދީފައި ވަނީ މީސުޓް އޮޒިލްއެވެ. މެޗުގެ ދެވަނަ ގޯލު އާސެނަލް އަށް ޖެހުމަށް އެސިސްޓު ކޮށްދިނީވެސް އޮޒިލްއެވެ. 45 ވަނަ މިނެޓުގައި މިގޯލު ޖަހާފައިވަނީ އާސެނަލްގެ އޮލިވިއާ ޖިރޫޑްއެވެ.
ސިޓީ ގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެޗު ނިމެން ކައިރިވެފައި ވަނިކޮށް ޔާޔާ ޓޫރޭ އެވެ.
އާސެނަލް އަތުން ބަލިވުމުން މެންޗެސްޓާ ސިޓީ މިހާރު ވަނީ ތާވަލުގެ 3 ވަނައިގައި 32 ޕޮއިންޓާއެކުއެވެ. އާސެނަލް ދެވަނައިގައި އޮތީ 36 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ވަނީ 38 ޕޮއިންޓު ލިބިފައެވެ.
އަންނަ ސީޒަނުގައި އިތުބާރު މެނޭޖަރު ޕެޕް ގާޑިއޯލާ ސިޓީ ގެ މެނޭޖަރު ކަމާއި ހަވާލުވާން އުޅޭ ވާހަކަ ދެކެވެމުން އަންނަ ދަނޑިވަޅެއްގައި އާސެނަލް އަތުން ބަލިވުމަކީ މިހާރުގެ މެނޭޖަރު ޕެލެގްރިނީ އަށް އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހޭނެ ކަމެއް ކަން ކަށަވަރެވެ.