މިިނިވަން 50 ޗެމްޕިއަން ޝިޕްގެ ފައިނަލް ބުރުގެ ކުޅުން އައްޑޫ ސްޓޭޑިއަމްގައި އިއްޔެ ފަށައިފިއެވެ.
އެގޮތުން އިއްޔެ ލ. އަތޮޅު ޗެމްޕިއަން ލ. ގަމާއި ވ. އަތޮޅު ޗެމްޕިއަން ވ. ކެޔޮދޫ ބައްދަލުކުރި މެޗް 2-0 ލަނޑުން ކާމިޔާބް ކުރީ ލ. ގަމުގެ ޓީމެވެ.
ބޯ ވިއްސާރައިގައި ކުޅުނު މެޗްގައި މާ ފޯރިގަދަ ބަލާ ހިތްވާ ފަދަ ކުޅުމެއް ފެނިފައި ނުވެއެވެ.
މުބާރާތުގައި މިއަދު އައްޑޫ ޗެމްޕިއަން ފޭދޫ ޓީމް ނިކުންނާނީ ގދ ޗެމްޕިއަން ފަރެސް މާތޮޑާ އާއި ދެކޮޅަށެވެ. މިއަދިގެ މެޗް ކުޅެން ތާވަލް ކޮށްފައިވާ އިރު އިއްޔެއިން ފެށިގެން އައްޑޫއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ރަށުގެ ބޮޑު ސަރަހައްދެއްގައި ވަނީ ފެން ހެދިފައެވެ.
އަދި މެޗް ކުޅޭ ގަޑީގައިވެސް ވާރޭޢ ވެހުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓުން ބުނެއެވެ.
މި މެޗްގައި ފޭދޫ ޓީމަށް ސަޕޯޓްކޮށްދިނުމަށް އަތޮޅުގެ ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ހާޒިރުވުމަށް ފޭދޫ ޓީމުން އެދެއެވ.