Last Updated: April 23, 01:22
Tuesday, April 22, 2025
ސިޔާސީ

އެފްބީ ސްޓޭޓަސް އަޕްޑޭޓް ނުކުރެއްވޭތީ މައުމޫން މައާފަށް އެދިވަޑައިގެންފި

ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފޭސްބުކް ސްޓޭޓަސް ފާއިތުވި ފަސް ވަރަަކަށް ދުވަހުގެ ތެރޭގައި އަޕްޑޭޓް ނުކުރެއްވޭތީ މައުމޫން މައާފަށް އެދިވަޑައިގެންފި އެވެ.

މައުމޫން މީގެ ކުޑަ އިރުކޮޅެއް ކުރިން ހިއްސާކޮށްފައިވާ ސްޓޭޓަސްގައި ވިދާޅުވެފައި ވަނީ ސްޓޭޓަސް އަޕްޑޭޓް ނުކުރެވި ދިޔައީ ޕީޕީއެމްގެ ގައުމީ ކޮސްގްރެސްގައި ވަރަށް ބުރަކޮށް އުޅުއްވަން ޖެހިވަޑައިގަތުމުން ކަމަަށެވެ. އެހެންވެ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެ އެވެ.

މައުމޫން އިތުރަށް ވިދާޅުވެފައި ވަނީ ޕީޕީއެމްގެ ކޮންގްރެސް ނިމިގެން ގޮސްފަައި ވަނީ ވަރަށް ކާމިޔާބްކަމާ އެކު ކަމަަށެވެ. އެހާ ރަނގަޅަށް އޮމާންކޮށް ކޮންގްރެސްގެ ކަންތައްތައް އިންތިޒާމުކޮށް ނިންމާލެވުނީތީ އެކަމުގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ވެސް މައުމޫން ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ. މައުމޫން އަދި ވިދާޅުވީ ޕީޕީއެމްގެ ކޮންގްރެސްއަކީ އެ މަނިކުފާނު މިހާތަނަށް ބައިވެރިވެ ވަަޑައިގެންނެވި އެންމެ ކާމިޔާބް ކޮންގްރެސް ވެސް ކަމަށެވެ.

ރާއްޖޭގެ ވެރިކަން 30 އަހަރުކޮށް ކުރައްވާފައިވާ މައުމޫން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ފޭސްބުކް ބޭނުން ކުރައްވަން ފެއްޓެވި ފަހުން އެ މަނިކުފާގެ ޕޭޖްގައި 5،920 މެމްބަރުން އެބަ ތިއްބެވެ. އެފްބީގެ އިތުރުން މައުމޫން ޓްވިޓާ ވެސް ބޭނުން ކުރައްވަ އެވެ.