Last Updated: November 24, 20:29
Sunday, November 24, 2024
ޚަބަރު

އައްޑޫ ކައުންސިލުން 23 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި

ކައުންސިލް ބައްދަލުވުމުގެ ތެރެއިން: ފޮޓޯ: ކައުންސިލް މީޑިއާ

އައްޑޫ ސިޓީ ކައުންސިލުން 23 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފިއެވެ.

2016 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓް ފާސްކުރުމަށް އިއްޔެ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ފާސްކުރި ބަޖެޓްގައި ހެމެނެނީ\ ބިން ބިމުން ލިބޭ ކުއްޔާއި އެކިއެކި ހިދުމަތްތަކުން ލިބޭ ފީތަކުން ލިބޭ އާމްދަނީއެވެ.

ކައުންސިލްގެ ގާނޫނަށް ގެނައި އިސްލާހާއި ގުޅިގެން ކުރިން ކައުންސިލަށް ލިބެމުން ދިޔަ ގިނަ އާމްދަނީ ވަނީ ސީދާ ދައުލަތުގެ ބަޖެޓްގައި ހިމަނާފައެވެ.

މީގެ ކުރިން ކައުންސިލުން ނަގަމުން ދިޔަ ވެހިކަލްތަކުގެ ފީ އާއި ޓްރާންސްޕޯޓުން ލިބެމުން ދިޔަ އާމްދަނީ އަންނަ މާޗް މަހުން ފެށިގެން ކައުންސިލަކަށް ނުލިބޭނެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ އިއްޔެ ފާސްކުރި 23 މިލިއަން ރުފިޔާގެ ބަޖެޓްގައި ހިމެނޭ ހުރިހާ ފައިސާއެއް ނުލިބި ހިނގައިދާނެ ކަމަށެވެ.

ދައުލަތުން މި އަހަރު އައްޑޫ ކައުންސިލަށް ދޭން ނިންމާފައިވަނީ އެއް މިލިއަން ރުފިޔާއެވެ.

ކުރިން ކައުންސިލުން ކުރަމުން ދިޔަ ގިނަ ކަންކަން އެކި މިނިސްޓްރީތަކުން ކުރިއަށް ގެންދާތީ އޭގެ އެެއްވެސް ފައިސާއެއް ދެން ކައުންސިލަކަށް ނުލިބޭނެއެވެ.

މީގެ ކުރިން ކައުންސިލުން މަގުމަތި ބެލެހެއްޓުމާއި، މަގު މަރާމާތު ކުރުން ކުރިއަށް ގެންދިޔަ ނަމަވެސް އެކަންކަން ވަނީ ހައުސިން މިނިސްޓްރީ އާއި އެމްއާރްޑީސީގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ މިދިޔަ އަހަރު ކައުންސިލަށް ލިބުނު އާމްދަނީ އައްޑޫގެ އެކި ރަށްތަކުގައި ކުޑަކުދިންގެ 8 ޕާކް ހަދާ އެތަން ތަނަށް ބޭނުންވާ ސާމާން ގަނެފައެވެ.

މީގެ އިތުރުން މިދިޔަ އހަރުވެސް ކައުންސިލުން ވަނީ ބައެއް ފުޓް ބޯޅަ ދަނޑުތައް ތަރައްޤީ ކުރުމަށް މަސައްކަތް ކޮށްފައެވެ.

ކައުންސިލް ތަކާއި ބެހޭ ގާނޫނަށް ގެނައި އިސްލާހް ތަކާއި ގުޅިގެން މިހާރު ކައުންސިލުން ކުރަންޖެހޭ މަސައްކަތަކީ "ވިހާ މަރުވާ" ބެލެހެއްޓުމާއި ގަބުރުސްތާން ބެލެހެއްޓުމެވެ.

އަދި މޭޔަރުގެ މުސާރަ އާއި ކައުންސިލަރުންގެ މުސާރަވެސް ވަނީ ކުޑަކޮށްފައެވެ.