Last Updated: April 7, 20:58
Tuesday, April 8, 2025
ޚަބަރު

ރައީސް ޔާމީން މިއަދު އައްޑޫއަށް ވަޑައިގަންނަވަނީ

ރައީސް އަބްދުﷲ ޔާމީން މިއަދު އައްޑޫ ސިޓީ އަށް ވަޑައިގަންނަވާނެއެވެ.

ރައީސް އައްޑު އަށް ވަޑައިގަންނަވަނީ އައްޑޫގައި މިހާރު ކުރިއަށް ގެންދާ މިނިވަން 50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ޝަރަފުވެރިކޮށް ދެއްވުމަށެވެ.

މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅޭ ފައިނަލް މެޗުގައި ބައްދަލު ކުރަނީ އައްޑޫ ފޭދު އާއި ގދ. ފަރެސްމާތޮޑާ އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް އައްޑު އަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މިއަދު މެންދުރު 1 ޖަހާއިރުއެވެ.

ރައީސް ޔާމީން އައްޑޫއަށް ވަޑައިގަންނަވާތީ، ވީހާ ވެސް ގިނަ ބަޔަކު އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގަން އެއާޕޯޓަށް ދިއުމަށް ޕީޕީއެމްގެ ގޮފިތަކުން ވަނީ ގޮވާލާފައެވެ.

ރައީސް ޔާމީން އެންމެ ފަހުން އައްޑު އަށް ވަޑައިގަތީ ޑިސެމްބަރު 28، 2014 ގަ އެވެ.