Last Updated: April 7, 20:58
Monday, April 7, 2025
ޚަބަރު

ރައީސް ޔާމީން ވަޑައިގަންނަވާތީ ސްޓޭޑިއަމް ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފި

ސްޓޭޑިއަމް ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ.

މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މިނިވަން50 ޗެމްޕިއަންޝިޕް ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވުމަށް ރައީސް ޔާމީން ވަޑައިގަންނަވާތީ، ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށްފިއެވެ.

ސްޓޭޑިއަމަށް ވީއަޕީ ބޭފުޅުންނާއި ޓީމުތަކުގެ ކުޅުންތެރިން ސްޓޭޑިއަމަށް ވަންނަ ދޮރޯށިތަކާއި ދިމާލުގައި މެޓަލް ޑިޓެކްޓަރތަކެއް ވެސް ވަނީ ބަހައްޓާފައެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޓޭޑިއަމަށް ސަޕޯޓަރުން ވެސް ވެއްދުމަށް ހަމަޖެހިފައި ވަނީ ޗެކްކުރުމަށް ފަހުއެވެ. ސްޓޭޑިއަމް ހިމެނޭ ސަރަހައްދުގައި އިއްޔެ ރެއިން ފެށިގެން ސިފައިން ގެންދަނީ ހަރަކާތްތެރިވަމުން އަންނަ އިރު ދަނޑަށް ނުވެއްދޭނެ ތަކެތީގެ ލިސްޓެއް ވެސް ވަނީ އާންމުކޮށްފައެވެ.

ރައީސް އަބްދުﷲ ޔާމީންގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށް ފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަރަށް ވަރުގަދަކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ދާދި ފަހުން ޕީޕީއެމް އިން މާލޭގައި ބޭއްވި ޖަލްސާގެ ސަލާމަތީ ކަންތައް ހަތިޔާރާއި އެކު ސިފައިން ވަނީ ބަލަހައްޓާފައެވެ.