Last Updated: October 16, 20:35
Wednesday, October 16, 2024
ކުޅިވަރު

ފަރެސްމާތޮޑާ ބަލިކޮށް ފޭދޫއިން ޗެމްޕިއަންކަން ހޯދައިފި

މިނިވަން50 ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ފޭދޫ ފުޓްބޯޅަ ޓީމުން ހޯދައިފިއެވެ.

މިއަދު ހަވީރު އައްޑޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗް ފޭދޫ ޓީމުން ކާމިޔާބު ކުރީ 0-1 އިންނެވެ.

މިމެޗްގައި ފޭދޫ އިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިބްރާހީމް މަހުދީ ހުސެއިން (އިއްބެ) އެވެ. އިއްބެ މިލަނޑު ކާމިޔާބުކުރީ ފަރެސްމާތޮޑާގެ ތިން ޑިފެންޑަރުންނާއި ކީޕަރުވެސް ނައްޓާލުމަށްފަހުއެވެ.

ޗެމްޕިއަން ޓީމަށް މެޑެއްޔާއި ތަށި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.

27d229157ff6e2ac623a13b9e02daff92312b8d86ed498b14b2275075e762541