Last Updated: April 7, 20:58
Monday, April 7, 2025
ޚަބަރު

މަޖިލީހުގެ އިމާރާތުން ދުން އަރަމުންދާތީ އެމްއެންޑީއެފް އިން ހަރަކާތްތެރިވަނީ

ރައްޔިތުންގެ މަޖިލީހުގެ އިމާރާތުން ދުން އަރަމުންދާތީ އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ސިފައިން ހަރަކާތްތެރިވަމުން އެބަދެއެވެ.

ބައެއް މީޑިޔާތަކުގައި މަޖިލީހުގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމަށް ރިޕޯޓްކޮށްފައިވި ނަމަވެސް، އަލިފާނުގެ ހާދިސާއެއް ކަމަށް ނުބެލެވޭ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މަޖިލީހުގައި ހިނގީ ކިހާވަރެއްގެހާދިސާއެއްކަން ރަސްމީ ފަރާތްތަކުން ހާމަކޮށްފައި ނުވި ނަމަވެސް މަޖިލިސް އިދާރާގެ ފުރާޅުމަތިން ދުންްގަނޑު ވަނީ ބޭރުވެފަ އެވެ. އަދި އަލިފާން ނިއްވާ ދެ ލޮރީ އާއި އަލިފާން ނިއްވާ މީހުން އެތަނަށް ގޮސް ގެންދަނީ ހަރަކާތްތެރި ވަމުންނެވެ.

މަޖިލީހުގެ އޮފިޝަލަކާއި ހަވާލާދީ 'ވަގުތު' ނޫހުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅުގެ ތެރޭގައި އެއްޗެއް ގޮވީ ކަމަށެވެ. ނަމަވެސް އެފަދަ ހާދިސާއެއް ހިނގިކައެމްއެންޑީއެފް އިން ވެސް އަދި ފުލުހުން ވެސް ހާމަކޮށްފައެއް ނުވެއެވެ.