Last Updated: April 7, 20:58
Monday, April 7, 2025
ޚަބަރު

ތިނަދޫގައި ފަޔާ ލޮރީ އަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ތިނަދޫގައި ފަޔާ ލޮރީ އަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ، ތިނަދޫ ހުޅަނގު ފަރާތުގައި އޮންނަ ހިއްކި ބިމާއި ދިމާލުގައި އޮންނަ މަގަކުން ބާރު ސްޕީޑްގައި ދުއްވާފައި އައި ފަޔާ ލޮރީ އަކާއި ސައިކަލެއް ޖެހިގެންނެވެ.

މިއެކްސިޑެންޓްގައި ސައިކަލުގައި ތިބި 2 ޒުވާނުންގެ ތެރެއިން އެކަކު ހޮސްޕިޓަލުން ފަރުވާ ހޯދާފައިވާއިރު، އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް ތިނަދޫގައި ހުރި 'އައްޑޫލައިވް' ގެ ކޮރަސްޕޮންޑެންޓް މައުލޫމާތު ދެއެވެ.