Last Updated: April 7, 20:58
Monday, April 7, 2025

މަރަދޫގައި ކާރެއް ކޮންޓްރޯލް ނުވެ ފާރަކަށް އަރައި ބޮޑެތި ގެއްލުންތަކެއް

މަރަދޫ ބޮޑުމަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ފާރަަކަށް އަރައި އެ ކާރަށް މިއަދު ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މަންޒަރު ދުށް މީހަކު ބުނިގޮތުގައި އެކްސިޑެންޓް ހިނގާފައިވަނީ ސ. މަރަދޫ ގަބިޅި މާޓް ކުރިމަތިން ބާރު ސްޕީޑްގައި ދުއްވާފައިވިދިޔަ ކާރެއް ގޯޅި އަޅަން އުޅުމުގެ ތެރޭގައި ކޮންޓްރޯލުން ނެއްޓިގެން ގޮސް ފާރެއްގައި ޖެހިގެން ކަމަށެވެ.

ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް ގެއެއްގެ ފާރު ތަޅައިގެން ގޮސްޖެހުނީ އެގޭގެ ގޯތިތެރޭގައި ހުރި ރުކެއްގައެވެ.

މަރަދޫގައި މީގެ ކުޑައިރުކޮޅެއް ކުރިން ހިނގި އެކްސިޑެންޓް
މަރަދޫގައި މީގެ ކުޑައިރުކޮޅެއް ކުރިން ހިނގި އެކްސިޑެންޓް

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގި ވަގުތު ކާރުގައި ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.