Last Updated: April 7, 18:07
Monday, April 7, 2025
ޚަބަރު

ކޯޓު އަމުރެއް ނެތި ގުޅީފަޅު ހުސްކުރުމަށް ފުލުހުން އެރަށަށް އަރައިފި

ގުޅީފަރު ހުސްކުރުމަށް ކޯޓު އަމުރަކާއި ނުލައި އެ ރަށަށް އެސްއޯ ފުލުހުން އަރައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ގުޅީފަޅަށް އަރާފައިވަނީ ކޯޓު އަމުރެއް ދެއްކުމެއް ނެތިއެވެ. އެރަށުގައި ހުރި ފަރާތަކުން ވަނީ، ފުލުހުންގެ އެރަށަށް އަރާފައިވަނީ ކޯޓު އަމުރަކާއި ނުލައި ކަމަށް ބުނެފައެވެ.

ނަމަވެސް އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" ގައި ބުނެފައިވަނީ ފުލުހުން އެރަަށަށް އަރާފައި ވަނީ ކޯޓު އަމުރެއް ހިފައިގެން ކަމަށެވެ.

ގުޅީފަޅުގެ ބައެއް މީގެ ކުރިން ހިއްކައި އެތަނުގައި ފްލެޓްތަކާއި އެހެން ވެސް ބައެއް ތަންތަން ތަރައްގީކޮށްފައިވެ އެވެ. އެހެން ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ރަށް ތަރައްގީ ކުރުން އޮތީ ހުއްޓިފަ އެވެ.