Last Updated: November 24, 23:51
Sunday, November 24, 2024
ޚަބަރު

ރާއްޖެ 1.5 ބިލިއަން ޑޮލަރު އެތެރެކުރި ކަމަށް ބުނާ ލިޔުންތަކެއް ލީކްވެއްޖެ

ރައީސް ޔާމީން އާއި އަހްމަދު އަދީބް.

ރާއްޖެއަށް ބޭރުގެ ކުންފުންޏަކުން 1.5 ބިލިއަން ޑޮލަރު އެތެރެކުރި ކަމަށް ބުނާ ލިޔެކިއުންތަކެއް ލީކްވެއްޖެއެވެ.

"އައްޑޫލައިވް"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެ އެތެރެކުރިކަމަށް ބުނާ ފައިސާ އަކީ އީރާނުން ރާއްޖެ އެތެރެކުރަން ނިންމި ފައިސާތަކެވެ. އެފައިސާ ރާއްޖެއަށް އެތެރެ ކުރުމުގައި ދިވެހި ސަރުކާރާއި، ސިންގަޕޫރުގެ އައިޑިއާ ވީ މެނޭޖުމެންޓު ނަމަކަށް ކިޔާ ކުންފުންޏަކާއި ދެމެދު ކުރެވިފައިވާ މުއާމަލާތްތަކުގެ ލިޔެކިއުން ތައް ހިމެނެއެވެ.
al1

ލީކްވި ލިޔެކިއުންތަކުގެ ތެރޭގައި، ފިނޭންސް މިނިސްޓަރ، ޖިހާދު އާއި، އޭރުގެ ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބް އާއި ސަރުކާރުގެ ކަމައި ބެހޭ އިދާރާތަކުން ފޮނުވާފައިވާ ލިއުންތައް ހިމެނެެވެ.

ރާއްޖެއަށް ފައިސާ އެތެރެކުރުމަށް މިދިޔަ އަހަރުގެ މާޗު މަހުގެ 8 ވަނަ ދުވަހު ޑެލްޓާ ވޯލްޑް ޗާޓާގެ ފްލައިޓެއް ޗާޓަރ ކުރަން ކުރިމަސައްކަތުގެ ލިޔެކިޔުން ވެސް ހިމެނެވެ.
al2

ނަމަވެސް އެ ލިއުމުގައި ހިމެނޭ ފްލައިޓު ރާއްޖެ އައިސްފައެއް ނުވެއެވެ. ނަމަވެސް ގާމާ އޭވިއޭޝަންގެ އީ135 އޭ6ސީޕީސީ ފްލައިޓެއް މާޗު މަހުގެ 11 ވަނަ ދުވަހު ޔޫއޭއީގެ ޝާރްޖަ އެއާޕޯޓުން ރާއްޖެ އައިސް މާޗު މަހުގެ 12 ވަނަ ދުވަހު އެ ފްލައިޓުވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ.
al 3

ގިނަ އަދަދެއްގެ ފައިސާ ރާއްޖެއަށް އެތެރެވިކަމަށް ބުނާ ލިޔެކިޔުންތައް ލީކްވެފައިވާ އިރު މިކަމާއި ގުޅިގެން ސަރުކާރުން މިހާތަނަށް އެއްޗެއް ވިދާޅުވެފައި ނުވެއެވެ.

ދިވެހި ރާއްޖެެއަށް ބައެއް ގައުމުތަކުން ދިން އެހީގެ ފައިސާ ވީ ނުވީއެއް ނޭގި ގެއްލިފައިވާ ކަމަށް ދާދިފަހުން އޭސީސީން ބުނެފައިވާ އިރު ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޯދު ކަރަޕްޝަންގެ މަައްސަލަ ފެންމަތުވެ، އެމައްސަލަ ތަހްގީގު ކުރަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.