Last Updated: November 24, 11:38
Sunday, November 24, 2024
ޚަބަރު

ފެމިލީ ކޯޓުގެ އިސްގާޒީގެ ސުލޫކީ މައްސަލައެއް ބަލަނީ ބައެއް ފަނޑިޔާރުން ކޮރަޕްޓްކަމަށް ވިދާޅުވުމުން!

ފެމިލީ ކޯޓުގައި ބޭއްވި ކައިވެނީގެ މަޖިލީހަކަށް ފަހު އެ ތަނުގެ ބޭރުގައި ބަޔަކު މަޑުކޮށްގެން. ފޮޓޯ: ހަވީރު

ފެމިލީ ކޯޓުގެ އިސްގާޒީ ހަސަން ސައީދުގެ ސުލޫކީ މައްސަލައެއް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށާފައި ވަނީ، ބައެއް ފަނޑިޔާރުންނަކީ، ކޮރަޕްޓް ފަނޑިޔާރުން ކަމަށް ވިދާޅުވުމާއި ގުޅިގެން ކަން އިތުބާރު ހުރި ގޮތެއްގައި 'އައްޑޫލައިވް' އަށް އެނގިއްޖެއެވެ.

ފެމިލީ ކޯޓުގެ އޮފިޝަލަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ފަނޑިޔާރު ހަސަން ސަޢީދު ބައެއް ފަނޑިޔާރުން ކޮރަޕްޓް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ އެ ކޯޓުގެ ބައެއް މުވައްޒަފުން ވަނީ ރެކޯޑުކޮށްފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖޭއެސްސީގެ ފަރާތުން ބަލަމުން ގެންދާ މައްސަލަ އާއި ގުޅިގެން ފަނޑިޔާރު ޙަސަން ސަޢީދަށް ޖޭއެސްސީ އިން ވަނީ މައްސަލައަށް ޖަވާބުދާރީ ވުމަށް އަންގައި ސިޓީ ވެސް ފޮނުވާފައެވެ.

ފެމިލީ ކޯޓުގެ އިސްގާޒީގެ މައްސަލައެއް ޖޭއެސްސީން ބަލާއިރު، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލުކުރަން އެ ކޮމިޝަނުން ވަނީ ނިންމާފައެވެ.