ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ކޮންމި އަހަރަކި ބާވަމުން އޭ ކިއްސަރު އެކްސްޕޯގެ މިއަހަރަ ބާ ފެއާ އަދަ ހަވީރެއި 4 ޖަހާކޯ ޝަރަފުއްދީން ސްކޫލެ ބާށިޔެ.
އަދަ ހަވީރެއި ފަށާ މި އެކްސްޕޯ ހެނެހިރި ދުވެހި ރެއިގަނޑާއި ހަމާއް ކުރިއަށް ގިނޭއް ވެނީ ނިންމަފެއި.
ޖުމްލަ 40 ސްޓޯލް ހިންނެކޯ، 500 ވަރަކަށް ވަޒީފާގެ ފުރުސަތާއި ބެހޭ މައުލޫމާތު މި ސްޓޯލް އިން ލިބިގެން އޭހެއް ކަމަށް ފެއާ އިންތިޒާމް ކެރާ ފަރާތުން މައުލޫމާތު ދެއި.
އަދި އެކްސްޕޯ އެއި އެތެރުން ވަޒީފާ ތަކަށް އެޕްލައި ކެރުމުގެ ފުރުސަތު ލިބިގެން އޭހެއް ކަމަށް ވެއި. އެހެންވެ ސީވީ ހިފަގެން ގެއުމަކީ މުހިއްމު ކަމަށް.
ކިއްސަރު އެކްސްޕޯ އަށް ފަރަތެރެ ރަށްތަކުން އޭއް ބޭނުން ފަރާތްތަކަށް ބަސްދަތެރެ ހަމަޖައްސަފެއިވޭކޯ މާދުމެއި ހުޅުމީދޫ އިން އޭއް ބޭނުންވޭ ޒުވާނުންނަށް ހިލެއި ފެރީ އިން ގިޔޭނެ އިންތިޒާމު ހަމަޖައްސާށިޔެ.
އަދަ ހަވީރެއި، ފޭދޫ އިން ބަހާ ނައްޓަލާނެއި، 3 ޖަހާކޯ، މަރަދޫ ފޭދޫ އިން 3:15 ނައްޓާކޯ މަރަދޫ އިން ނައްޓަލާނެއި 3:25 އިން. ބަހާ އަނބަރައި އެބޭނެއި ހަވީރެއި 5:45 އިން. ހަވީރެއި ދަތެރެ ޖާގަ ދޭއް ހަމަޖެހިފެއި ވެނީ 57 ފަރާތަކަށް.
މިރެއި އަސް ބަސް ދަތެރެ އޮންނެކޯ، ފޭދޫ އިން ބަހާ ނައްޓާނެއި، 7:45 އިން، މަރަދޫ ފޭދު އިން 8:00 އިން ނައްޓާކޯ މަރަދޫ އިން ނައްޓަލާނެއި 20:15 އިން އަދި އެނބަރައި ބަހާ ނައްޓަލާނެއި 22:10 އިން. މިރެއި ދަތެރެ ތަކި ޖާގަ ދޭއް ހަމަޖެހިފެއި ވެނީ 37 ފަރާތަކަށް.