ފޭދޫގެ ބިން ހިއްކުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް މިމަހުގެ 26 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
އައްޑޫގައި ހަރަކާތްތެރިވާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ މުހައްމަދު ފައިސަލް ބުނީ މަސައްކަތް ފަށައިގަންނަން ބޭނުންވާ ހުރިހާ ސާމާން އަންނަ ބުރާސްފަތި ދުވަހާއި ހަމައަށް ފޭދޫއަށް ގެނެވޭނެ ކަމަށެވެ.
ފޭދޫގެ 50 ހެކްޓަރު ބިން ހިއްކުމަށް ހަވާލުކޮށްފައިވަނީ ނެދަލެންޑްގެ ކުންފުންޏެއް ކަަމަށްވާ ވަންނޫރު ޕްރައިވެޓް ލިމިޓެޑާ އެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި ވަންނޫރު ޕްރައިވެޓް ލިމިޓެޑް އާއި އެކު ސޮއި ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ 5 ވަނަ ދުވަހުއެވެ.
ފޭދޫ ބިން ހިއްކުމުގެ މަޝްރޫއު ފެށިގެންދާ އިރު މިމަސައްކަތް ހަމަޖެހިފައިވާ އުސޫލުން ކުރިއަށްގެންދިއުމަށް ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ