ފަންޑިތައާއި ސިހުރު ފޮތްތައް ހޯދަން ފުލުހުން ހިތަދޫގެ ބައެއް ގެތައް ބަލައި ފާސްކުރަމުން އެބަގެންދެއެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ވަނީ މިއަދު އެކަނި ވެސް ހިތަދޫގެ 4 ގެއަކަށް ވަދެ ބަލާ ފާސްކޮށްފައެވެ.
ހިތަދޫގެ ބައެއް ގެތަށް ބަލައި ފާސްކުރުމަށް ފަހު ބައެއް ފޮތްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެއެވެ.
ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށް ފުުލުހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތައް ފަށާފައެވެ.
އެގޮތުން ދާދިފަހުން ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގއ. ވިލިނގިލީގެ ދެ ގެއެއް ބަލައިފާސްކޮށް ސިހުރު ހަދަން ބޭނުންކުރާ ގިނަ ޢަދަދެއްގެ ތަކެއްޗާއެކު ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.